ގޯތިތައް ހަވާލުކުރުން ލާޒިމް ކުރި ބިލް މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން ބާޠިލްކޮށްލައިފި
ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯތިތައް ތިންމަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ލާޒިމްކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. އަދި އެބިލް ތަސްދީޤު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ލެއްވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބޭއްވިތާ 4 ދުވަސްފަހު ހުސްވި މެއި މަހުގެ 17 ވަނަ ދުވަހުގައެވެ.