ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
06 Feb 2024
ޚަބަރު
3 ޤައުމެއްގެ ސަފީރުން ކަނޑައެޅުމަށް ރައީސް ނަން ފޮނުވައިފި
3 ގައުމެއްގެ ސަފީރު ކަމަށް ބޭފުޅުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
05 Feb 2024
ޚަބަރު
ދޯނިތަކަށް ސިފައިން އެރި މައްސަލައިގައި ސަރުކާރުން ކަންކަން ސާފުކޮށް ނުދޭތީ، މެމްބަރު ނަޝީދުގެ ނުރުހުން ސަރުކާރަށް!
މިއަދު މެންދުރުފަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ، ރައްޔިތުން އެކަމާއި ގުޅޭ މައުލޫމާތު ބޭނުންވާ ކަމަށާއި، ސަރުކާރު މިހާރަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އަދި އެއީ ކިހިނެއް ހިނގައިގެން އުޅޭ ކަމެއްކަން ސަރުކާރުން މިހާތަނަށްވެސް ސާފުކޮށް ނުދޭތީ އެކަމުގެ ކަންބޮޑުވުން މެމްބަރު ނަޝީދު ފާޅުކުރެއްވިއެވެ.
05 Feb 2024
ޚަބަރު
ރިޔާސީ ބަޔާން އިއްވާ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމަށް އެމްޑީޕީން ނިންމައިފި
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް، ޕާލިމަންޓަރީ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައި ކަމަށެވެ.
04 Feb 2024
ޚަބަރު
ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި
ރިޔާސީ ބަޔާނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ޤައުމުގެ ޙާލަތާއި އަދި ކުރިޔަށް ހުރި ޕްލޭންތަކާއި ތަޞައްވަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވަންޖެހޭ ބަޔާނެކެވެ.
04 Feb 2024
ޚަބަރު
މަޖީލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި
މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް ޢިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅުއްވާފައި ވަނީ، އެމްޑީޕގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަށް ވަޑައިގެން ފަހުން ޕާޓީ ބަދަލުކުރައްވައި ސަރުކާރު ހިންގާޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އެމައްސަލަ ހުށައެޅީ ސަރުކާރަށް ތާއީދު ކުރާ 23 މެމްބަރެއްގެ ސޮޔާއި އެކުގައެވެ.
04 Feb 2024
ޚަބަރު
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވުން މާދަމާ
ރިޔާސީ ބަޔާނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ޤައުމުގެ ޙާލަތާއި އަދި ކުރިޔަށް ހުރި ޕްލޭންތަކާއި ތަޞައްވަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވަންޖެހޭ ބަޔާނެކެވެ.
04 Feb 2024
ޚަބަރު
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި އެބޭފުޅުންގެ ދާއިރާތައް
ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ގިނަ މެމްބަރުންތަކެއްވެސް ވަނީ އެބޭފުޅުން ވާދަކުރެއްވި ދާއިރާތަކުން ޕާޓީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.
31 Jan 2024
ޚަބަރު
މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ ވުޒާރާތަކަށް އައްޔަނުކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން: ޙިސާން
ޙިސާން ވިދާޅުވީ، ޤާނޫނު އަސާސީ ބައްޓަންކޮށްފައި އޮތީ އަދި ދައުލަތުގެ ނިޒާމްތައް ބައްޓަންވެފައި އޮންނަނީ، އެއްބާރުން އަނެއްބާރަށް ފާރަވެރިވާ ގޮތަށް، ޗެކްއެންޑް ބެލެންސްގެ ނިޒާމްތަކެއް ރާވައި، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވުން ލާޒިމްވާ ގޮތަށެވެ.
30 Jan 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެންސީ ހުށައެޅުމުގެ ސުންގަޑިއަކީ، މިފެށޭ ފެބުރުއަރީ މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ.
29 Jan 2024
ޚަބަރު
މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ މަޤާމުތަކަށް ރައީސް ޢައްޔަނު ކުރައްވައިފި
މިއަދު މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަކީ، ބަންޑާރަ ނައިބު އަޙްމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ހައުސިން މިނިސްޓަރ ޑރ ޢަލީ ހައިދަރެވެ. މިތިން ބޭފުޅުން އަލުން ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވުމާއި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބަންޑާރަ ނައިބުގެ މަޤާމަށް އުޝާމް އަލުން ޢައްޔަނުކުރެއްވުމަށް ފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށްވެސް އުޝާމް ޢައްޔަނު ކުރައްވައި މަޤާމްގެ ފަތްކޮޅު ވަނީ ދެއްވާފައެވެ.
29 Jan 2024
ޚަބަރު
މަޖިލީހުން ރުހުން ނުދިނުމުން، ޑރ. ޝަހީމްގެ ނުރުހުން ރައީސް ޞާލިޙަށް!
ރައްޔިތުންގެ މަޖިލީހުން ޑރ. ޝަހީމަށް ރުހުން ނުދޭން ފާސްކުރެއްވުމުން، ނުރުހުންފާޅުކުރައްވައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ފާޑު ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސައްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ޞާލިޙު ނޫނީ ރާއްޖެ ދެކެފައި ނުވާކަމަށެވެ.
29 Jan 2024
ޚަބަރު
އުޝާމާއި ޝަހީމާއި، ހައިދަރަށް ރުހުން ނުދީ ވަޒީރުންގެ މަޖިލީހުން ބޭރުކޮށްލައިފި
މިތިން ބޭފުޅުންނަކީ، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިންވެސް ރުހުން ނުދޭން ނިންމި ތިންބޭފުޅުންނެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްއަކުން ނުނިންމައެވެ. މިނިސްޓަރ ސަޢީދު ސަލާމަތްވެވަޑައިގެންނެވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ސަޢީދަށް ރުހުންދޭން ނުފެންނަ ކަމަށް 30 މެމްބަރުން ވޯޓު ދެއްވި އިރު 31 މެމްބަރުން ވޯޓު ދެއްވީ ރުހުންދޭން ފެންނަކަމަށެވެ.
29 Jan 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާ ފެށުމަށް ފަހު މެދު ކަނޑާލައިފި
މަޖިލީހުގެ ޖަލްސާ ފެށުމަށް ފަހު، ސިސްޓަމްގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ޖަލްސާ 5 މިނިޓަސް މެދުކަނޑާލާކަން ޢިއުލާނުކުރައްވާފައެވެ.
29 Jan 2024
ޚަބަރު
މަޖިލީހުގެ ދައުރު އަދާކުރުމަށް ހުރަސް އެޅުން ބަލައެއް ނުގަންނަން: މަޖިލީހުގެ ނައިބު ރައީސް
ސަލީމް މިހެން ވިދާޅުވީ، ރޭ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
29 Jan 2024
ޚަބަރު
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ 13:00ގައި
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅުއްވަމުން ގެންދަވަނީ، ސަރުކާރުންގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު މައި ދެޕާޓީން ނިންމުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއޮތީ އިދިކޮޅު ޕާޓީތަކަށެވެ. އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ކަންކަން ކުރުމަށް ސަރުކާރަށް ފުރުޞަތެއް ނެތެވެ.
29 Jan 2024
ޚަބަރު
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މާދަމާ 11 ޖަހާއިރު ބާއްވަނީ
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުުގެ ޖަލްސާގައިވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރި ނަމަވެސް 1:30ގައި ވޯޓަށް އަހަން ތައްޔާރުވުމާއި އެކު މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅާފައެވެ. މަޖިލީހުގެ ޖަލްސާ މިރޭވެސް ކުރިޔަށް ގެންދިޔުމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މަސައްކަތް ކުރެއްވި ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ހުރަސް އަޅުއްވަމުން ގެންދިޔުމާއި ގުޅިގެން ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.