Advertisement

މަޖިލީހުން ރުހުން ނުދޭން ނިންމި ވަޒީރުން ---

29 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އުޝާމާއި ޝަހީމާއި، ހައިދަރަށް ރުހުން ނުދީ ވަޒީރުންގެ މަޖިލީހުން ބޭރުކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ހިމެނޭ، 3 ވަޒީރަކަށް ރުހުން ނުދީ، ވަޒީރުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރޭގައި، މަޖިލީހުން ރުހުން ނުދިނީ، ބަންޑާރަ ނައިބު އަޙްމަދު އުޝާމަށާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށާއި، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ހައިދަރަށެވެ.

މިތިން ބޭފުޅުންނަކީ، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިންވެސް ރުހުން ނުދޭން ނިންމި ތިންބޭފުޅުންނެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްއަކުން ނުނިންމައެވެ. މިނިސްޓަރ ސަޢީދު ސަލާމަތްވެވަޑައިގެންނެވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ސަޢީދަށް ރުހުންދޭން ނުފެންނަ ކަމަށް 30 މެމްބަރުން ވޯޓު ދެއްވި އިރު 31 މެމްބަރުން ވޯޓު ދެއްވީ ރުހުންދޭން ފެންނަކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދު ޖަލްސާ ބޭއްވުނީ ތަފާތު އެކިފަހަރުމަތިން އެޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރެއްވުމަށްފަހުގައެވެ. ޖަލްސާ ނިންމަާލައްވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ރުހުން ލިބިވަޑައިގެންނެވި ވަޒީރުންނަށް މަރްޙަބާ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.