ރިޕޯޓް
ރިޕޯޓް
ޗާގޯސް ހޯދަން ބޭނުުންވާ ފަރާތްތަކުގެ ނުބައި ނިޔަތާއި ނުދައްކާ ވާހަކަ، ވަރަށް ބިރުވެރި
26 Sep 2023
ރިޕޯޓް
މާލޭ ސިޓީކައުންސިލްގެ މޭޔަރުކަން ލިބިވަޑައިގެންފިނަމަ އަޅަން ވައުދުވި ގާޑަން ޕްލާޒާއަށްވީ ކިހިނެއް؟
22 Sep 2023
ރިޕޯޓް
އިންތިހާބުތަކުގެ މިނިވަންކަމާއި އިންސާފުވެރިކަމުގެ އެހާރާއި މިހާރު
17 Sep 2023
ރިޕޯޓް
ދެކޮޅު ނުޖެހޭ ވާހަކަތަކާއި ހޮޅި ވަޢުދުތަކުން އިދިކޮޅު ކެންޑިޑޭޓަށް ކާމިޔާބު ހޯދޭނެތަ؟
17 Sep 2023
ރިޕޯޓް
ހެއްކާއި ބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަން ޖެހޭ ހާލަތްތަކެއް ހިމެނުން ގޯހެއް ނޫންކަން އެބަ ސާބިތުވޭ!
16 Sep 2023
ރިޕޯޓް
އަޅުވެތިކަމުގެ ފިޔަވަޅެއްގެ މަތީގައި ހުރެ މިނިވަންކަން އިޙްސާސް ކުރެވޭނެ ހެއްޔެވެ؟
14 Sep 2023
ރިޕޯޓް
މިއީ އަސްލު އެމްޑީޕީގެ ވެރިކަމެއް ހޯދަން ލިބޭނެ ހަމައެކަނި ފުރުޞަތު
13 Sep 2023
ރިޕޯޓް
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް މުއިއްޒުގެ ވެރިކަމެއްގައި ގެދޮރު އެޅޭނެކަމަށް ބުނާއިރު, ތާރީޙު މިކަމާއި އިދިކޮޅު
12 Sep 2023
ރިޕޯޓް
11 Sep 2023
ރިޕޯޓް
ޤާނޫނު އަސާސީގައި މަޖިލީހުން ނުލިޔުނު މާއްދާއެއް ރައްޔިތުންގެ ހިތްތަކުގައި ލިޔެ ވަނީ ޢަމަލުކޮށްފައި
ދިވެހިޖުމްހޫރިއްޔާގެ ފެހި ޤާނޫނު އަސާސީ، އެކުލަވާލުމުގައި، އޭރުގެ ޚާއްޞަ މަޖިލީހުން، ދިވެހިރާއްޖެ ޚުދުމުޚުތާރު ވެރިކަމަކަށް އަލުން ގެންދިޔަ ނުދިނުމަށްޓަކައި ވަރަށް މުހިންމު މާއްދާއެއް ޤާނޫނު އަސާސީގައި ހިމެނިއެވެ. އެމާއްދާއަކީ، ރިޔާސީ ދައުރުގެ އަދަދު ކަނޑައެޅުމުގެ މާއްދާއެވެ.
25 Aug 2023
ރިޕޯޓް
މިއަދު މަންމަ ދުނިޔޭގައި ނެތަސް، މަންމައަށް ވީ ވައުދު ފުއްދައިދީފި
ބޯހިޔާވަހިކަމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި އޮތް އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލައެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި މިހާރު އެންމެ ހަރުއަޑުން ދެކެވޭ ވާހަކައަކީ މިއީއެވެ. ބިމުގެ ދަތިކަމުގެ ސަބަބުން، މި މައްސަލަ ހައްލު ކުރުމަކީ ބޮޑު ގޮންޖެހުމަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދައިދޭނެކަމަށް ގައުމުގެ ވަލިއްޔުލް އަމްރުގެ މަގާމަށް އައިސްފައިވާ ގިނަ ބޭފުޅުން ވަނީ ވައުދު ވެފައެވެ.
22 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން
ގުދުރަތީގޮތުން ރާއްޖެއަށް ލިބިފައިވާ އެންމެ މުހިއްމު އެއް ނިއުމަތަކީ ރާއްޖޭގެ ގުދުރަތީ ފެން ފަށަލައެވެ. އެހެންނަމަވެސް އާބާދީ އިތުރުވުމާއި، ރަށުގެ ހުރިހާ ގޭބިސީއެއްގައި ފެންނަގާ ވަޅުގައި ޕަމްޕް ބަހައްޓައިގެން ފެން ނެގުމާއި، ދަނޑުވެރިކަމުގެ ބޭނުމުގައި ބިމަށް ވިހަ މާއްދާތައް ދޫކުރުމާއި، ރައްކާތެރި ނަރުދަމާގެ ނިޒާމެއް ނެތުމާއި، މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑުގެ އަސަރު ކުރާ މިންވަރު އިތުރުވުމުގެ ސަބަބުން މި ގުދުރަތީ ފެންފަށަލަ ވަނީ ވަރަށް ގިނަ ރަށްރަށުގައި ތަޣައްޔަރުވެފައެވެ.
22 Aug 2023
ރިޕޯޓް
ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގައި ހުރީ ކިހާވަރެއްގެ ބަރުދަނެއް ބާއެވެ؟
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އެބޭފުޅާގެ ހާރިޖީ ސިޔާސަތު ހާމަކުރައްވާފައެވެ. މި ސިޔާސަތު ހާމަކުރައްވާފައިވަނީ ހުޅުމާލެ ފޭސް2 ގައި ބޭއްވި ޖަލްސާއެއްގައެވެ. މި ޖަލްސާގައި ޑރ. މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
20 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ތައާރަފްކުރުން
ސިއްހީ ޚިދުމަތަކީ އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ކަށަވަރުވާންޖެހޭ އިންސާނީ ޙައްގެކެވެ. އެމީހެއްގެ ޤައުމާއި ޤައުމުން ބޭރުގައިވެސް ސިއްހީ ފަރުވާ ލިބިދޭންޖެހެއެވެ. ބައެއް ޤައުމުތަކުގައި އެޤައުމުތަކުގެ ރައްޔިތުންނަށްވެސް ސިއްހީ ފަރުވާއަކީ ހޭދަ ބޮޑު، ދެކޮޅުޖައްސަން ދަތި ހަރަދެކެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބިދޭސީންނަށް ސިއްހީ ފަރުވާގެ އަގު އެޤައުމުގެ ޢާއްމުންނަށްވުރެ ބޮޑެވެ.
18 Aug 2023
ރިޕޯޓް
ބޯހިޔާވަހިކަމުގައި ސަރުކާރުތަކުން އަމަލުކުރިގޮތް
2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގެ ވެރިކަން ވެއްޓުނު އިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބި އެތަންތަނުގެ އެގްރިމެންޓް ނުހެދި ތިބި މީހުންނަށް އެތަންތަން ލިބޭގޮތެއް ނުވިއެވެ. ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތައް ރައީސް ޔާމީނުގެ ދައުރުގައި ނިމިގެން ދިޔައިރު، އެތަންތަނުން ފްލެޓްދޭން ކަނޑައެޅި ފަރާތްތަކުގެ އަތުން ފްލެޓްތައް އަތުލައި އަދި ދެރަ ނިކަމެއްޗަކަށް އެއިންތަނަކާއި ގާތްވާން ނުކެރޭވަރަށް އަގު ބޮޑުކޮށްލީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ. މިގޮތުން ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތަކުގެ ޖުމުލަ ކުއްޔަކީ ދެމިލިޔަން ރުފިޔާކަމަށް ކަނޑައަޅައި، ފަސްއަހަރު ދުވަހަށް ބަހާލައިގެން، މަހަކު 33,000ރ. ނުދައްކާނަމަ އެފްލެޓްތައް ނުލިބޭނެކަން މާލޭގެ ރައްޔިތުންނަށް އެންގީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ.
17 Aug 2023
ޖަޒީރާ ދިރިއުޅުން
ތަރައްޤީގެ ލިސްޓުން ބާކީވެފައި އޮތް ބޮޑުފޮޅުދޫއަށް އުއްމީދު ގެނުވައިފި
ރަށުގެ އުމްރާނީ ތަރައްޤީއަށް ބަލާލާއިރު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ކުރިން ބޮޑުފޮޅުދޫއަށް އެއްވެސް މިންވަރަކަށް ތަރައްޤީ އައިސްފައި ނުވާކަން އެރަށު ކައުންސިލުން ފާހަގަ ކުރިއެވެ. ބޮޑުފޮޅުދޫ ތަރައްޤީގެ ލިސްޓުން ބާކީ ކުރުމުގެ ސަބަބަކީ، އެ ރަށުގެ އާބާދީ ކުޑަކަމުންކަމަށް ޤަބޫލުކުރައްވާކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
16 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންނަށް މުހިންމުކަމެއް
ރާއްޖެއަކީ އާބާދީގެ ގޮތުން ބަލާއިރު ކުޑަ ޤައުމެކެވެ. ވަޞީލަތަށް ބަލާއިރުވެސް އަމިއްލައަށް އުފައްދާތަކެތިން ދެކޮޅު ޖެހުމަކީ ނާދިރު ޙާލަތެކެވެ. އެހެންކަމުން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިން ތިބީ ނާޒުކު ހާލަތެއްގައެވެ. ސަބަބުތައް ވަރަށްވެސް ގިނައެވެ. އެހެންކަމުން އަދުގެ ޖިއޮޕޮލިޓިކަލް ދުނިޔޭގައި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަކީ މުހިއްމުކަމެކެވެ.
07 Aug 2023
ކީއްވެ އިބޫ؟
ރަށްތައް ތަރައްގީ ކުރައްވަނީ އެރަށެއްގެ ރައްޔިތުންގެ އަޑު އައްސަވައިގެން
މިސަރުކާރަކީ ރާއްޖޭގެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ ގެންދިއުމުގާ ވަރަށް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއި ވިސްނުމާ އިޙްސާސްތައް އެކުލެވިގެން ހިނގަމުންދާ ސަރުކާރެއްގެ ގޮތުގައި މެމްބަރު އަޙްމަދު ޢަބްދުالله ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ރައީސުންގެ ތެރެއިން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އެންމެ ތަފާތު އެއް ސިފަފުޅަކީ އަޑުއެއްސެވުން ކަމުގައިވެސް ވިދާޅުވިއެވެ.
06 Aug 2023
ޖަޒީރާ ދިރިއުޅުން
ރަކީދޫ - އާބާދީ އެންމެ ކުޑަ ރަށް، އެކަމަކު ބޮޑެތި މަޝްރޫޢުތަކެއް
ރަކީދޫގައި ދިރިއުޅޭ މަދު މީސްކޮޅުގެ ސަބަބުން ކުރީގެ ސަރުކާރުތަކަށް އެހާ މުހިންމު ރަށަކަށް އެ ރަށް ނުވެ އޮތް ނަމަވެސް، މިއަދު އެކަން ބަދަލުވެއްޖެއެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާ، އަދި ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެކަން މިއަދު އެރަށުގެ ރަށްޔިތުންނަށް ގަބޫލު ކުރެވޭނެއެވެ.
04 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ވިހެއުމުން ދޭންފެށި ޗުއްޓީއާ އެކީ އާއިލާތަކަށް ލިބުނީ ބޮޑު ހިންހަމަޖެހުމެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ކުރެއްވެވުމަށް ނިންމެވި އެއް ކަމަކީ ވިހެއުމާއި ގުޅިގެން ސަރުކާރުގެ ވަޒީފާ އަދާކުރާ މަންމައަށް 6 މަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް، މުސާރައާއިއެކު ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެގޮތުން 19 ނޮވެމްބަރ 2018 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި، މި ފާހަގަކުރި ވަޢުދު ހިމެނޭހެން، ސަރުކާރުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ފެށުމަށް ނިންމުނެވެ.
02 Aug 2023
ރިޕޯޓް
ސަމާސާއަކަށް ނަމަވެސް ދޮގެއް ނުހަދާށެވެ
ހިތާމައަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ވެސް މިހާރު މި ޒާތުގެ ސަމާސާތައް ފެންނަން ފެށީމައެވެ. އަންގާރަ ދުވަހުގެ މެންދުރެއް ހާއިރު "ދަ ޑިމޮކްރަޓްސް" އަށް ނިސްބަތްވާ ވަޓްސްއަޕް ގްރޫޕެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވިކަމަށް ބުނާ މެސެޖެއް "ފަތިއަޑު ކިޔާފައި" ދައުރުވިއެވެ. އެ މެސެޖުގައި އެ މަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި "ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް. ވިސްނަންވީ ތިބޭފުޅުން"، މިހެންނެވެ.