Advertisement

22 Jun 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

މި ފަހަރުގެ ޔޫރޯއަށްފަހު މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ދެން ނުފެނުމަކީ ގާތް ކަމެއް

ޖަރުމަނުގައި މިހާރު ކުރިޔަށްދާ ޔޫރޯ 2024 ފުޓުބޯޅަ މުބާރާތަށްފަހު މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަމަށް ވަނީ އިއުލާންކޮށްފައެވެ. އަދި މީގެ ތެރޭގައި، ކްލަބު ކެރިއަރ ވެސް ނިންމާލައި، ޕްރޮފެޝަނަލް ކެރިއަރ ނިންމާލާނެކަމަށް އިއުލާންކޮށްފައިވާ ކުޅުންތެރިން ހިމެނެއެވެ.

އެހެންކަމުން މިއީ މި ކުޅުންތެރިންގެ އިތުރުން، ފުޓުބޯޅައަށް ލޯބިކުރާ މީހުންނަށް ވެސް ހާއްސަ މުބާރާތެކެވެ. ސަބަބަކީ އެ ކުޅުންތެރިންގެ ކުޅުން ދެން ކޮމްޕެޓެޓިވް މެޗަކުން ނުފެނުމެވެ.

ޔޫރޯއަށް ފަހު ގައުމީ ޓީމުން، ނުވަތަ މި މުބާރާތުން ދެން ނުފެންނާނެކަމަށް ބެލެވޭ އެންމެ މަޝްހޫރު 5 ކުޅުންތެރިން މިހާ ހިސާބުން ހިއްސާކޮށްލާނަމެވެ.

ޓޯނީ ކްރޫޒް

ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ޓޯނީ ކްރޫޒްގެ ޕްރޮފެޝަނަލް ކެރިއަރުގެ އެންމެ ފަހު މުބާރާތްކަމަށް އޭނާ ވަނީ މިދިޔަ މަހު އިއުލާންކޮށްފައެވެ. އެހެންކަމުން، މިދިޔަ މަހުގެ ފަހު ކޮޅު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަކީ ރެއާލް މެޑްރިޑްގެ ޖާޒީގައި އޭނާ އެ ކްލަބަށް ކުޅެދިން އެންމެ ފަހު މެޗު ވެސް މެއެވެ.

މި ނިންމުމާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތް ތައްޓާއެކު ނިންމާލުމަކީ ކްރޫޒް އޭނާގެ ކެރިއަރ ނިންމާލުމަށް އެންމެ ބޭނުންވާނެ ގޮތްކަން ހަމަޔަގީނެވެ.

މެދުތެރޭގައި ކްރޫޒްގެ އުފެއްދުންތެރި ކުޅުމާއި، ހިލޭ ޖެހުންތަކާއި އަދި މެޗު ތެރެއަށް އޭނާގެ ލޯ ހުޅުވިފައިވާ މިންވަރަކީ، އޭނާގެ ހާއްސަ ސިފަތައް ބަޔާންކޮށްދޭނެ ކަންތައްތަކެވެ.

އޭނާ ވަނީ 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން، 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި ތިން ވަނަ ހޯދި ޓީމު ގައި ވެސް އޭނާ ހިމެނުނެވެ.

ފުޓުބޯޅައިގެ ތާރީހުގައި ފެނިގެން ގޮސްފައިވާ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރޫޒް ވަނީ ރެއާލް މެޑްރިޑާއިއެކު 23 ތަށި ހޯދާފައެވެ.

-----

އޮލިވިއަރ ޖިރޫޑް

އޮލިވިއަރ ޖިރޫޑަކީ އޭނާގެ ހުނަރާ މެދު ގިނަ ބަޔަކު ޝައްކު އުފެއްދި ނަމަވެސް ގޯލާ ރައްޓެހި މޮޅު ކުޅުންތެރިއެކެވެ. މި އަހަރުގެ ޔޫރޯއާއެކީ، 13 އަހަރަށް ފަހު ޖިރޫޑު ވެސް ގައުމީ ޖާޒީ ބާލާނެއެވެ.

ޖިރޫޑަކީ ޖަރުމަނު ގައުމީ ޓީމަށް ވެސް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު އޮންނަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދީފައިވާ 131 މެޗުން 57 ގޯލު ކާމިޔާބުކޮށްފައެވެ. ޖިރޫޑު ބުނެފައިވާ ގޮތުގައި އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ.

އުމުރުން މިހާރު 37 އަހަރުގެ ޖިރޫޑަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެއްވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގައި އޭނާ ވަނީ 4 ގޯލު ކާމިޔާބުކޮށްފައެވެ.

ޖިރޫޑް މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ ލޮސް އޭންޖެލްސް އެފް. ސީ. އަށެވެ. އޭސީ މިލާނުގައި ކުޅުމަށްފަހު، އެމެރިކާގެ މާސްޓަރ ލީގު ސޮކާރ އަށް އޭނާ ބަދަލުވެފައިވަނީ ހިލެއެވެ.

--------

ލޫކާ މޮޑްރިޗް

ޔޫރޯ 2024 ވެގެންދާނީ ކޮރޭޝިއާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ލޫކާ މޮޑްރިޗް ވެސް ގައުމީ ޖާޒީގައި ކުޅޭނެ އެންމެ ފަހު މުބާރާތަށެވެ.

ގައުމީ ބޮޑު މުބާރާތަކުން އެންމެ ފުރަތަމަ މޮޑްރިޗް ފެނިފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުންނެވެ. އެ މުބާރާތުގައި އޭނާ ކޮރޭޝިއާގެ ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް މަޑު މަޑުން އޭނާ ބަދަލުވީ މުޅި ކޮރޭޝިއާގެ ޓީމު އޭނާގެ ކޮނޑު މަތީގައި އުފުލާ، އެކަނި ކުރާ މަސައްކަތުން ބޮޑެތި ނަތީޖާތައް ނެރެވޭ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިއަކަށެވެ.

މޮޑްރިޗްގެ އުމުރުން މިހާރު 38 އަހަރު ފުރިފައިވާއިރު، އޭނާ ދަނޑުމަތީގައި ދައްކަމުން އަންނަ ތަފާތުކަން މިހާރު ވަނީ ކުޑަވާން ވެސް ފަށާފައެވެ.

ރެއާލް މެޑްރިޑާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި އަހަރު ހަމަވި ނަމަވެސް، އެ ކްލަބުން ވަނީ އޭނާގެ ކޮންޓްރެކްޓް އިތުރު 1 އަހަރަށް ދައްމާލާފައެވެ.

ގައުމީ ޓީމާއެކު އޭނާ ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރިހި މެޑަލް ކާމިޔާބު ކުރުމާއި، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލޯ މެޑަލް ހޯދުމެވެ.

---------

މެނުއެލް ނޯޔާރ

އުމުރުން 38 އަހަރުގެ ޖަރުމަނުގެ ކީޕަރު، މެނުއެލް ނޯޔާރ އަށް ވެސް އޭނާގެ ގައުމުގައި މި ފަހަރު ކުޅޭ ޔޫރޯ އަކީ އެންމެ ފަހުގެ ޔޫރޯއެވެ. އަދި މިއީ އޭނާ ގައުމީ ޖާޒީގައި ކުޅޭ ފަހު މުބާރަތަށް ވުން ވެސް އެކަށީގެންވެއެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތަށް އޭނާ މި ނިކުތީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް އެއްވެސް މެޗެއް ނުކުޅެ ހުރުމަށްފަހުއެވެ. އެއީ އެ ވޯލްޑް ކަޕަށްފަހު އޭނާ ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް، ފައި ބިންދައިގެން ދިއުމާ ގުޅިގެންނެވެ. އެ އަނިޔާއިން ފަސޭހަވުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަހު އޭނާ ވަނީ ކުޅުމާ ދުރުގައި މަޑުކޮށްފައެވެ.

ރާވާފައި އޮތް ގޮތުން މި އަހަރުގެ މާޗު މަހު އޭނާ އޮތީ ގައުމީ ޓީމާ އަނބުރާ ގުޅުމަށް ނިންމާފައެވެ. ނަމަވެސް އެ މުއްދަތުގައި އިތުރު އަނިޔާއެއް ވުމާ ގުޅިގެން އޭނާގެ ޒިންމާ ހަވާލުވީ މާރކް-އެންޑްރޭ ޓާ ސްޓެޖެން އާއި އެވެ.

ނޯޔާގެ އަނިޔާގެ ނުރައްކަލާހެދި، ނެގެލްސްމަން ވަނީ ޖަރުމަނު ސްކޮޑުގައި 4 ކީޕަރުން ހިމަނާފައެވެ.

----------

ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ނެގި ޕޯޗުގަލްގެ ސްކޮޑުގައި ރޮނާލްޑޯ ހިމެނުމާ ގުޅިގެން، މި އަހަރުގެ ޔޫރޯ އަކީ އޭނާގެ 6 ވަނަ ޔޫރޯއެވެ. އަދި މީގެ ކުރިން އެހެން ކުޅުންތެރިއަކު 6 ފަހަރަށް ޔޫރޯ މުބާރާތުގައި ކުޅެފައެއް ނުވެއެވެ.

ރޮނާލްޑޯގެ އުމުރުން 39 އަހަރުވެފައިވީ ނަމަވެސް، އޭނާއަކީ ހަށިގަނޑާއި ފިޓްނަސްއަށް އަބަދުވެސް ސަމާލުކަންދޭ ކުޅުންތެރިއެއްކަމުން، އޭނާއަކީ ޕޯޗުގަލް އަށް އަދިވެސް މުހިންމު ކުޅުންތެރިއެކެވެ.

ނަމަވެސް ދެން އަންނަ ޔޫރޯއެއް ކުޅެން ވާއިރަށް އޭނާއަށް ހުންނާނީ 43 އަހަރުވެފައި ކަމުން، ބެލެވޭ ގޮތުގައި މިއީ ރޮނާލްޑޯގެ އެންމެ ފަހުގެ ޔޫރޯއެވެ.

ޔޫރޯގައި ކުޅެފައިވާ އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު އޮންނަނީ ހަންގޭރީގެ ކީޕަރު ގެބޯރ ކިރަލީ އަތުގައެވެ. ޔޫރޯ ޗެމްޕިއަންޝިޕްގައި އެންމެ ފަހު މެޗު ކުޅުނު އިރު އޭނާގެ އުމުރަކީ 40 އަހަރާއި 86 ދުވަހެވެ.

ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނާއި، ރޮނާލްޑޯ ވެސް އޭނާގެ ގައުމީ ޓީމުގެ ކުރިމަގާ ގުޅޭ ގޮތުން އަދި އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވި ނަމަވެސް، އެއް ފެންވަރެއްގައި 43 އަހަރު ވަންދެން ކުޅުމަކީ، ވުމަށް ވުރެން ނުވުން ގާތްކަމެކެވެ. އެހެންކަމުން ބޮޑަށް ގަބޫލު ކުރެވޭ ގޮތުގައި މިއީ ރޮނާލްޑޯގެ އެންމެ ފަހުގެ ޔޫރޯއެވެ. ނަމަވެސް 2026 ގެ ވޯލްޑް ކަޕުން އޭނާ ފެނުމަކީ އެކަށީގެންވާ ކަމެކެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.