Advertisement

05 May 2025
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ

ގާނޫނުއަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާނެ އެންމެބޮޑު ދުސްތޫރީ ކުށް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނު ސުއޫދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.

ސުއޫދަކީ ވެސް ކުރިން ސްޕްރީމް ކޯޓުގެ ބެނޗުގައި އިންނެވި ފަނޑިޔާރެކެވެ. ނަމަވެސް އެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ 4 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާ ޚިލާފަށް ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާތީ އެކަމަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުންނެވެ.

ސުއޫދުގެ އިސްތިއުފާ ސިޓީގައި ސިއޫދު ވަނީ އެކަން ބަޔާންކުރައްވާފައެވެ. އެގޮތުން ސިޓީގައި ސުއޫދު ލިޔުއްވާފައިވަނީ ގާނޫނުއަސާސީ އާ ޚިލާފަށް މި މައްސަލަ އަށް ނުފޫޒު ފޯރުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކާފައި ކަމަށެވެ. ސުއޫދު ވިދާޅުވީ މުއިއްޒު އެދިވަޑައިގަންނަވާ ގޮތައް ހުށަހެޅިފައިވާ މައްސަލަ ނިންމުމަށް މައްސަލަ އަށް ނުފޫޒު ފޯރުވަމުން ގެންދަވާތީ އެކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިހިނދުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ސުއޫދުއާއެކު ސަސްޕެންޑްކުރި މަހާޒު އަދި އަޒްމިރަލްދާގެ މައްސަލަ ޖޭއެސްސީގެ ކުޑަކޮމިޓީން ބެލުމަށްފަހު ހުށަހެޅި ރިޕޯޓް ފާސްކޮށް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީ އިން އާދީއްތަ ދުވަހު ވަނީ ނިންމާފައެވެ. ޖޭއެސްސީން މިގޮތަށް ނިންމުމުން ދެން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްފަހު، ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ވާނީ މަޖިލީހުން ފާސްކުރުންނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.