ވިޔަފާރި
ވިޔަފާރި
01 Sep 2023
ޚަބަރު
ރާއްޖޭގައި އައު އިންޓަނޭޝަނަލް އެއަރލައިނެއް އުފައްދަނީ
ރާއްޖޭގައި އައު އިންޓަނޭޝަނަލް އެއަރލައިނެއް އުފެއްދުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާއި ދެމެދުއެވެ.
31 Aug 2023
ޚަބަރު
ހުޅުމާލެއިން ދަނޑުބިން ކުއްޔަށް ދިނުމަށް ބިން ދޫކުރުމުގެ 2ވަނަ ބުރަށް ހުޅުވާލައިފި
އަރބަނކޯއިން މުޖްތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އަރބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުންކަމަށެވެ.
30 Aug 2023
ޚަބަރު
އެއަރ އިންޑިއާއިން ރާއްޖެއަށް ދަތުރު ފަށަނީ
އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރު ފެށުމަށް ނިންމައިފިއެވެ. އެ އެއަރލައިނުން ބެންގަލޫރު އަދި މުމްބާއީއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެއެވެ.
28 Aug 2023
ޚަބަރު
ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުރަކުން ދައްކައިފިއެވެ. މިއީ ފާއިތުވި 2 އަހަރާއި އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެކެވެ.
27 Aug 2023
ޚަބަރު
އިންޑިއާގެ ވިސްތާރާ އެއަރލައިނުން ދިއްލީއިން ރާއްޖެއަށް ދަތުރު ފަށަނީ
އިންޑިއާގެ ވިސްތާރާ އެއާލައިނުން ރާއްޖެ އާއި ނިއުދިއްލީއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. މި ދަތުރުތައް ފަށާނީ އޮކްޓޫބަރު 1އިން ފެށިގެންކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.
27 Aug 2023
ޚަބަރު
ބޭންކުތަކަށް ވަގުތުން ފައިސާ ފޮނުވޭ އެމްއެމްއޭގެ "ފަވަރަ" އިފްތިތާހުކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އިފްތިތާޙްކުރައްވައިފިއެވެ. މިއީ ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް ތަރައްޤީކޮށްފައިވާ ސިސްޓަމެކެވެ. މި ސިސްޓަމް މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް ރައްކާތެރިކަމާއިއެކު ވަގުތުން މާލީ މުއާމަލާތްތައް ކުރެވޭނެއެވެ.
25 Aug 2023
ޚަބަރު
ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް އިލޯން މަސްކްގެ "ސްޓާލިންކް" އަށް
ސްޓާލިންކް ސާވިސަސްއަށް ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކޮށްފި އެވެ. ސްޓާލިންކް އަކީ ސެޓެލައިޓް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. ސްޓާލިންކަކީ މަހުޖަނު އަދި ސްޕޭސްއެކްސް އާއި ޓެސްލާގެ ބާނީ އީލޮން މަސްކުގެ ކުންފުންޏެކެވެ.
23 Aug 2023
ޚަބަރު
ހުޅުމާލޭ ބީޗުން ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދެއް ތަރައްޤީކުރަން ނިންމައިފި
އާބަންކޯ އާއި ޓުއަރިޒަމް މިނިސްޓްރީ އާއި ދެމެދު ވެވުނު މިއެއްބަސްވުމުގައި، އާބަންކޯގެ ފަރާތުން ސޮއެކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާ އެެވެ.
23 Aug 2023
ޚަބަރު
ރާއްޖޭގެ އިންޝުއަރެންސް ނިޒާމް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅެއް
ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާއި ޔޫއެންޑީޕީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
22 Aug 2023
ޚަބަރު
ބީލަމަށްލި ދެ ރަށުން ހަނިމާދޫ އެއަރޕޯޓުގެ ދިރުން އިތުރުވާނެ
ބޮޑުތިލަދުންމަތީގެ 2 ރަށެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ.
19 Aug 2023
ވިޔަފާރި
ހއ. ފިއްލަދޫއިން ފަތުރުވެރިކަމަށް ދިގު މުއްދަތަކަށް 99 ބިމެއް ދޫކުރަނީ
ހއ. ފިއްލަދޫ "ޓޫރިސްޓް ވިލެޖް" އިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދިގުމުއްދަތަކަށް 99 ބިމެއް ދޫކުރަން ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ވިދާޅުވީ، މި ބިންތައް ދޫކުރަނީ ފަތުރުވެރިކަމުގެ ވިޔަފާރިން ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީ ކުރުމުގެ ގޮތުންކަމަށެވެ.
16 Aug 2023
ވިޔަފާރި
މޯލްޑިވިއަނުން ބެންގަލޫރަށް ދަތުރު ފަށަނީ
މޯލްޑިވިއަނުން މުޅިން އަލަށް އިންޑިއާގެ ބެންގަލޫރަށް ދަތުރު ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ބެންގަލޫރަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުކަމަށެވެ.