އަޔާދީގެ ސަރޕަސްއަށް ޝަރުތުހަމަވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުޅުވާލައިފި
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 2021ވަނަ އަހަރުގެ ސަރޕްލަސް ބެހުމަށް ކަނޑައަޅާ، ސަރޕްލަސް ލިބުމަށް ޝަރުތު ހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފިއެވެ. ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2021 ވަނަ އަހަރުގެ ސަރޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ 22ނޮވެމްބަރު 2023 ގައެވެ.