Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

01 Nov 2023
ވިޔަފާރި

ބޯޓިން އެވޯޑަށް އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލާފައިވާ ފަރާތްތަކަށް އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ސަފާރީތަކަށް ޚާއްސަކޮށް ދެވޭ އެވޯޑެކެވެ. އެވޯޑް ދިނުމުގެ މަޤްސަދަކީ އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ ވޯޓުލުމުގެ ފުރުސަތު މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އެވޯޑު ލިބޭ ފަރާތްތައް ހޮވާނީ އޮންލައިންކޮށް ލިބޭ ވޯޓުތަކާއި ޖަޖުންގެ ޕެނަލްއިން ދޭ މާރކްސްއަށް ބެލުމަށްފަހުގައެވެ. ބޯޓިންގ އެވޯޑް ހަފްލާ ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެތެރޭގައެވެ.

މިއަހަރުގެ ބޯޓިން އެވޯޑް 33 ގިންތިއަކުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ. މީގެތެރޭގައި ލިވަރބޯޑްތަކާއި ސަފާރީތަކަށްދޭ އެވޯޑްގެ އިތުރުން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްދޭ އެވޯޑްވެސް ހިމެނެއެވެ. އެގޮތުން ކެޕްޓަން، ޝެފް، ކްރޫ މެންބަރ، އިންޖީނިއަރ، ކްރޫޒް މެނޭޖަރ، އޮޕަރޭޝަން ސްޓާފް ފަދަ އެވޯޑް ހިމެނެއެވެ. ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުންއަންނަ އެވޯޑެކެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.