ހިޒްބުﷲގެ ހަމަލާއެއްގައި އިޒްރޭލު އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ މަރާލެވިއްޖެ ކަމަށް ބުނެފި
އިޒްރޭލުންވެސް ވަނީ، ހިޒްބުﷲގެ ޑްރޯން ހަމަލާއެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަމާޒުވެ، 67 ސިފައިން ޒަޚަމްވެފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެ ހަމަލާގައި އިޒްރޭލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މަރުވިކަން ނުވަތަ ނޫންކަން އިޒްރޭލުން އަދި ހާމައެއް ނުކުރެއެެވެ. މިހާދިސާގައި މަދުވެގެން 67 މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް ބެލެވިފައި ވާއިރު، މިއީ އިޒްރާއީލުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ލުބުނާނުގެ ހިޒްބުﷲ ހަނގުރާމަވެރިން ދިން އެންމެ ވަރުގަދަ ހަމަލާއެވެ.