Advertisement

އިޒްރޭލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް --

14 Oct 2024
ޚަބަރު

ހިޒްބުﷲގެ ހަމަލާއެއްގައި އިޒްރޭލު އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ މަރާލެވިއްޖެ ކަމަށް ބުނެފި

އިޒްރާއީލުގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ހިޒްބުﷲއިން މިރޭ ދިން ހަމަލާއެއްގައި އިޒްރާއީލްގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހާރޒީ ހަލެވީ މަރާލެވިއްޖެކަމަށް ހިޒްބުﷲގެ ޚަބަރުތައް ގެނެސްދޭ ބައެއް ޗެނަލްތަކުން ބުނެފިއެވެ.

އިޒްރޭލުންވެސް ވަނީ، ހިޒްބުﷲގެ ޑްރޯން ހަމަލާއެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަމާޒުވެ، 67 ސިފައިން ޒަޚަމްވެފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެ ހަމަލާގައި އިޒްރޭލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މަރުވިކަން ނުވަތަ ނޫންކަން އިޒްރޭލުން އަދި ހާމައެއް ނުކުރެއެެވެ. މިހާދިސާގައި މަދުވެގެން 67 މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް ބެލެވިފައި ވާއިރު، މިއީ އިޒްރާއީލުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ލުބުނާނުގެ ހިޒްބުﷲ ހަނގުރާމަވެރިން ދިން އެންމެ ވަރުގަދަ ހަމަލާއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ އަމާޒުވި އަސްކަރީ މަރުކަޒަކީ، ހައިފާގެ ދެކުނުން، ގޯލާން ސަރަހައްދުގައި އޮންނަ ބިންޔާމީނާ ނަމަކަށް ކިޔާ އަވަށުގައި ހަދާފައިވާ އަސްކަރީ ޓްރޭނިން ކޭމްޕެކެެވެ. ހަމަލާ އަމާޒުވީ، އިޒްރޭލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އޮފިސަރުންނާއި އެކު ރޭގަނޑުގެ ކެއުމަށް ޖަމާވެތިބި ހޯލަށް ކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ހަމަލާގައި ޒަޚަމްވި މީހުންނަށް ހައިފާގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނައިރު އެމީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސްކަމަށްވެސް ހޮސްޕިޓަލްތަކާއި ހަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.