ނޫން ޕްލޭ
ވީޑިއޯ
12 Jun 2024
ފުންކޮށް
ފުންކޮށް | އިޒްރޭލު ޕާސްޕޯޓު ބޭނުންކޮށްގެން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް ނިންމުން
އިޒްރޭލާއި ފަލަސްޠީނުގެ މައްސަލައަކީ، މުޅި ދުނިޔޭގެ ހުރިހާ މުސްލިމުންގެ ވެސް އެކަމުގައި ކަންބޮޑުވުން އޮތް މައްސަލައެއް. ދިވެހިރައްޔިތުން ގޮވާލަމުން ދަނީ، އިޒްރާއީލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަށް.
07 Jun 2024
ހާޗާނު
ހާޗާނު | އެޕިސޯޑު 2
ހާޗާނުގެ ދެވަނަ އެޕިސޯޑުގެ މެހެމާނަކީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ފްރެންޗައިޒް ޝޯވގެ ގަދަ ދިހައެއްގައި ހިމެނުނު އިބްރާޙިމް އަމާނެވެ.
06 Jun 2024
ފުންކޮށް
ފުންކޮށް | ޒައިދާންގެ މަރު
މިޔަރުގެ ހަމަލާގެ ޝިކާރައަކަށްވި، އެމްއެންޑީއެފްގެ ލާންސްކޯޕްރަލް، ރ. އުނގޫފާރު، ނިއުލައިފް، މުޙައްމަދު ޒައިދާން ނިޔާވީ، ލ.ކައްދޫގައި ކުރިޔަށް ގެންދިޔަ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ.މާވަށް ކައިރީ ކަނޑުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް ކަމުގައި އެމްއެންޑީއެފުން ހާމަކުރައްވާފައި ވެއެވެ. އަދި އެއީ ހައި ރިސްކް ތަމްރީނެއް ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
03 Jun 2024
ޗާލު
ޗާލު | ބްރައިޑްސްމެއިޑެއް ނުވަތަ ޙާއްސަ ހަފްލާއަކަށް ހެއާސްޓައިލްކޮށްލެވިދާނެ ގޮތެއް
މި އެޕިސޯޑު ހާއްސަކުރެވިފައިވަނީ، ބްރައިޑްސްމެއިޑެއް ނުވަތަ ހާއްސަ ހަފްލާއަކަށް ހެއާސްޓައިލް ކުރެވިދާނެ ގޮތެއް ގެނަސްދިނުމަށެވެ. މި އެޕިސޯޑުގައި ސްޓައިލިސްޓަކީ މަޝްހޫރު މޭކަޕް އާޓިސްޓު އަދި ހެއާސްޓައިލިސްޓު، ރިޒްނާ އަހުމަދެވެ.
27 May 2024
ހަވީރު ސައި
ހަވީރު ސައި | އެޕިސޯޑު 2
ހަވީރު ސައިގެ މި އެޕިސޯޑުގައި ބޮޑަށް ސައްލާކޮށްފައިވަނީ ތައުލީމީ ދާއިރާގެ ބައެއް ކަންކަމާ ގުޅޭގޮތުންނާއި ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރާ ގުޅޭ ގޮތުންނެވެ.
20 May 2024
ޗާލު
ޗާލު | ޕާޓީއަކަށް ދިއުމަށް ފަސޭހަކޮށް ހެއާސްޓައިލް ކުރެވިދާނެ ގޮތެއް
މި އެޕިސޯޑު ހާއްސަކުރެވިފައިވަނީ، ޕާޓީއަކަށް ދިއުމަށް ފަސޭހަކޮށް ހެއާސްޓައިލް ކުރެވިދާނެ ގޮތެއް ގެނަސްދިނުމަށެވެ. މި އެޕިސޯޑުގައި ސްޓައިލިސްޓަކީ ޖަސްޓިންއެވެ. ޕްރޮގްރާމްގެ ހޮސްޓު ކޮށްދީފައިވަނީ މަޝްހޫރު މޭކަޕް އާޓިސްޓު އަދި ހެއާސްޓައިލިސްޓު، ރިޒްނާ އަހުމަދެވެ.
18 May 2024
ހާޗާނު
ހާޗާނު | އެޕިސޯޑު 1
ހާޗާނުގެ ފުރަތަމަ އެޕިސޯޑުގެ މެހެމާނަކީ ހޭވައްލާ ބޮޑުބެރު ގްރޫޕުގެ ވޯކަލިސްޓެއް ކަމުގައިވާ ހުސެއިން ސަމްހާންއެވެ.
12 May 2024
ކޮފީ ވިތު ސުލޭމާން
ކޮފީ ވިތު ސްލޭމާން - ސީޒަން 2 | އެޕިސޯޑު 4
އެޕިސޯޑުގެ މެހެމާން، އެހީ ޖަމްއިއްޔާގެ ރައީސް އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސްގެ ޗެއާމަން، އަޙުމަދު އިޤުބާލު ހިއްސާ ކުރެއްވީ މި ހަރަކާތްތަކުގެ ތެރެއިން ކުރެވުނު އާދަޔާ ޚިލާފު ތަޖުރިބާތައް.
10 May 2024
ޗާލު
ޗާލު | ޕާޓީއަކަށް ނުވަތަ ރަސްމީ އިވެންޓަކަށް ހެއާސްޓައިލް ކުރެވިދާނެ ގޮތެއް
މި ޕްރޮގްރާމްގެ މި އެޕިސޯޑު ހާއްސަކުރެވިފައިވަނީ، އެކިއެކި މުނާސަބާތަކާއި ގުޅުވައިގެން އަމިއްލައަށް ގޭގައިވެސް ހެއާސްޓައިލް ކުރެވިދާނެ ގޮތަކަށެވެ. މި އެޕިސޯޑުގައި ސްޓައިލިސްޓަކީ ޕްރޮގްރާމްގެ ހޮސްޓު، މަޝްހޫރު މޭކަޕް އާޓިސްޓު އަދި ހެއާސްޓައިލިސްޓު، ރިޒްނާ އަހުމަދެވެ.
08 May 2024
ހަވީރު ސައި
ހަވީރު ސައި | އެޕިސޯޑު 1
"ހަވީރު ސައި" ގެ މި އެޕިސޯޑުގައި އަލިއަޅުވާލާފައިވަނީ މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ ދުވަހަށް. އެގޮތުން މަސައްކަތްތެރިންގެ ހާލަތާއި ހައްގުތަކަށް ރާއްޖޭގެ ނަޒަރިއްޔާތުން ވަނީ އަލިއަޅުވާލާފައި.
05 May 2024
ޤަދީމީ ދުނިޔެ
ޤަދީމީ ދުނިޔެ | ކައުނު އުފެދިފައިވާގޮތް
އެންމެ ފުރަތަމަ ކައުނު އޮތީ ވަރަށް ކުޑަ ކުޑަ ލުތުފާއެއްގެ ގޮތުގައި. އޭގެ ފަހުން ކައުނު އުފެދިގެން ދިޔައީ، ބިިގް-ބޭންގުގެ ގޮވުމާއެކުކަމަށް ސައިންސްވެރިން ބުނޭ...
16 Apr 2024
ވީޑިއޯ
ހެޔޮ ޢަމަލުތަކުގެ ޘަވާބު އުނިވާކަންތައްތައް: މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުން
އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތަކާއި އޭގެ ސަވާބު އުނިވުމަށް ނޭދޭނަމަ، ޣީބަ ބުނުމާއި އަނިޔާވެރިވުމާއި އެނޫންވެސް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުން ދުރުވާންޖެހޭ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ހެޔޮކަންތައް ނެތިވެ ހިނގައިދާނެ.
14 Apr 2024
ވީޑިއޯ
ހެޔޮ ޢަމަލުތަކުގެ ޘަވާބު އުނިވާކަންތައްތައް: ތިމާއަށް ތިމާ ފެނުން
މީހާ ހަލާކުވެގެން ހިނގައިދާނެ ތިންކަމެއް ކީރިތި ރަސޫލާ ބަޔާންކޮށްދެއްވި ހިނދު އޭގެތެރެއިން އެންމެ ނުރައްކާތެރިކަމެއްގެ ގޮތުގައި ބަޔާންކުރެއްވީ، ތިމާއަށް ތިމާ ފެނުން. ތިމާކުރާ ހެޔޮކަންތަކާމެދު ހެއްލުންތެރިވުން. އެހެންމީހުންނަށް ތިމާއަށް ކުރެވޭ ވަރަށް ހެޔޮކަންތައް ނުކުރެވޭކަމުގެ އިޙްސާސްކުރެވެން ފެށުން.
13 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: އަތްބެލުން ނުވަތަ ފާލުބެލުން
އަތްބަލާ ނުވަތަ ފާލުބަލާ މީހެއްގެ ގާތަށް ގޮސް އެމީހަކު އެ ދައްކާ ވާހަކަ ގަބޫލުކުރުމަކީ ނުރައްކާތެރިކަމެއް. އެކަމުން އަހަރެމެންގެ ހެޔޮ އަމަލުތައް ބާޠިލުވެގެން ހިނގައިދާނެ. އެހެނީ، އެހާލަތަށް ގޮސްފިނަމަ އޭނާވާނީ ދީނުން ބޭރުވެފައިވާ މީހެެއް ކަމުގައި.
12 Apr 2024
ވީޑިއޯ
ފިޓްނަސް ދެމެހެއްޓުމަށް ޓްރެކަށް ވަދެ ދުވަންފެށި ގޮތަށް ހުއްޓުމެއްނެތި 42 ކިލޯމީޓަރާ ހަމައަށް
ބާސްކެޓް ކޯޓުން ވިދާލައި، ގައުމީ ބާސްކެޓް ބޯޅަ ޓީމުގެ އިތުރުން ގައުމީ ހޭންޑް ބޯޅަ ޓީމަށް ވެސް ކުޅެފައިވާ ހުސްނާ މުޙައްމަދު (ހުސީ) އަކީ ކުޅިވަރުގައި އައު ނަމެއް ނޫނެވެ. އެހެން އެތުލީޓުންނާ ހިލާފަށް، ހުސީގެ ކުޅިވަރުގެ ކެރިއާ ފެށުނީ ސްކޫލް ދައުރަށްފަހުގައި ނަމަވެސް، އޭނާވަނީ ގިނަ ކުޅިވަރުތަކެއް މޮޅަށް ކުޅެ، ރަންވަނަތައް ހޯދާފައެވެ. އޭގެ ފަހުން މި ކުޅިވަރުތަކާ ކޮންމެވެސް ވަރަކަށް ދުރަށް ޖެހިލުމަށްފަހު، ހުސީއަކީ މިހާރު މެރަތަން ދުވުންތެރިއެކެވެ. އޭނާ މެރަތަން ދުވުމުގެ ފަރިތަކުރުންތައް ހަދަމުންދަނީ އެލީޓް ރަނާސްއާއެކު، ޝަރަފް ކޯޗުގެ އިރުޝާދުގެ ދަށުންނެވެ.
09 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ސިޙުރު ހެދުން
ސިހުރު ހަދާ މީހާއަކީ ކިތަންމެ ގިނަ ހެޔޮ އަމަލެއްކޮށް، ކުރީ ސަފުގާ ނަމާދުކޮށް، ޚަތިމްކޮށް، ރޭ އަޅުކަންކޮށް، ޞަދަގާތްކޮށް، ޒިކުރުކޮށް ނުވަތަ އެނޫން ވެސް ހެޔޮ އަމަލުތައްކޮށް އުޅޭ މީހަކަށް ވީނަމަވެސް، އެމީހެއްގެ ޢަމަލުތައް މާތް ﷲ ގެ ހަޟްރަތުގައި ޤަބޫލު ނުކުރެވޭނެ.