ޖަޒީރާ ދިރިއުޅުން
03 Aug 2023
ޖަޒީރާ ދިރިއުޅުން
ތަރައްގީގެ ހަގީގީ ކުލަތައް ފެނިފައި ނެތް ހިމަންދޫއަށް މި ދައުރުގައި ބޮޑު އިންގިލާބެއް އައި ފަދަ
މިހާރު އެރަށުގައި ޤާއިމްވެފައި އޮތް ބަނދަރުގެ ވާހަކަ ފެށުނީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި، އެ ރަށަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވުމުން އެ އުނދަގޫ އެ މަނިކުފާނާއި ޙިއްސާ ކުރި ހިސާބުންނެވެ. އޭގެ ގާތްގަނޑަކަށް 3 އަހަރު ފަހުން 21 އޮކްޓޯބަރ 2021 ގައެވެ. ރައީސް ޞާލިޙް ހުންނެވީ އެ ރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވެ. އެ ދުވަހު ރައީސް ދެންނެވީ، ބަނދަރު އެއޮތީ ރައްޔިތުން ބޭނުންވިގޮތަށް ހަދާ ނިމިފައި ކަމަށެވެ.
27 Jul 2023
ޖަޒީރާ ދިރިއުޅުން
ވ އަތޮޅު ކެޔޮދޫގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތައް
މިހިނގަމުންދާ ރިޔާސީ ދައުރުގައި ކެޔޮދޫގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް އެބަ ކުރިއަށް ދެއެވެ. މިގޮތުން ފާއިތުވި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެލިދެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ވަނީ ހުޅުއްވާދެއްވާފައެވެ. މި ހޯލު ހުޅުވިގެންދިޔައިރު ކެޔޮދޫ ސްކޫލަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ދެ ބުރީގެ ޢިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް މިވަގުތު ހިނގަމުންދާކަން ފާހަގަކުރަމެވެ.
22 Jul 2023
ޖަޒީރާ ދިރިއުޅުން
އޮޅުވެލިފުށީގައި ހިނގަމުންދާ މަޝްރޫޢުތައް
އޮޅުވެލިފުށީގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އެބަ ކުރިޔަށް ދެއެވެ. އަދި މި މަސައްކަތްތަކުގެ މަޢުލޫމާތު މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އެ ރަށަށް ކުރެއްވި ދަތުރުގައި ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން އޭރު ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމާއި ފުޓްބޯޅަ ދަނޑުގައި ޓާފްއަޅައި ނިމިފައިވާކަމަށާއި ދަނޑު ފުރިހަމަކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަންވެސް ސަރުކާރުން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
17 Jul 2023
ޖަޒީރާ ދިރިއުޅުން
ލަންދޫގެ މުހިންމު މަޝްރޫޢުތަކެއް ނިމިއްޖެ
2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސުލް ޖުމްހޫރިއްޔާ ވަނީ ލަންދޫއަށް ވަޑައިގެން އެ ރަށުގެ ބަނދަރު އިފްތިތާޙު ކޮށްދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ, ލަންދޫ ބަނދަރު މަޝްރޫޢަކީ ލަންދޫ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދެންނެވި ގޮތަށް ކުރިޔަށް ގެންދެވުނު މަޝްރޫޢަކަށް ވުމަކީ އިތުރު ހިތް ހަމަޖެހުމެއް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ.
15 Jul 2023
ޖަޒީރާ ދިރިއުޅުން
ފ. މަގޫދޫގެ ތަރައްޤީގެ މަޝްރޫޢުތައް
ރަށުގެ ތާރީޙަށް ބަލާލާއިރު، 8 ޖެނުއަރީ 1999 ގައި ފ. އަތޮޅުގެ އަތޮޅުވެރިކަން މި އަތޮޅު ނިލަންދުއަށް ސަރުކާރުން ބަދަލު ކުރެއްވުމާ ހަމައަށް، އަތޮޅުވެރިކަން ކުރަމުން ދިޔައީ މިރަށުގައެވެ. މިރަށުގައި 300 އަހަރުވީ އާޘާރީ މިސްކިތެއް ހުރެއެވެ. އަދި ރަށުގައި މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ.
12 Jul 2023
ޖަޒީރާ ދިރިއުޅުން
މަރޮށީގެ ރައްޔިތުން ތަރައްޤީގެ މަޝްރޫޢުތައް ބަލައިގަނެފި: ރައީސް
މަރޮށީގައި ހުންނަވައި ރައީސް ވިދާޅުވީ އެރަށުގެ މީހުންނަކީ އަމަލުން ކަންކަން ދައްކާ ބައެއް ކަމަށާއި ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެކަން ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
18 Jun 2023
ޖަޒީރާ ދިރިއުޅުން
އޮމަދޫގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް
ރަށުގެ މީހުން އާމްދަނީ ހޯދުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމާއި ހުއިފިލަނޑާ ނެގުމާއި މަސް ކައްކައި ހިއްކުމާއި ރިހާކުރު ކެއްކުމެވެ. އޭގެ އިތުރުން ދަނޑުވެރިކަންވެސް މިރަށު މީހުން ކުރެއެވެ . މި ރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ބަލާލާއިރު، މި ވަގުތު ވެސް ޖުމްލަ 7 މަޝްރޫޢުއެއް ކުރިއަށް އެބަދެއެވެ. އަދި 2 މަޝްރޫޢުއެއް ވަނީ މިފަހަކުން ނިންމާފައެވެ. އޭގެ ތެރޭގައި ބަނދަރު ހެނދުން ވެސް ހިމެނެއެވެ.
21 May 2023
ޖަޒީރާ ދިރިއުޅުން
ހިރިލަންދޫގައި މިވަގުތު ވެސް އަށް މަޝްރޫއު
އާބާދީގައި މިވަގުތު 978 މީހުން ތިބި ކޮޅުމަޑުލު ހިރިލަންދޫގައި މިވަގުތު ވެސް 8 މަޝްރޫއު ހިނގަމުން އެބަދެއެވެ. ބިމުގެ ބޮޑު މިނުގައި 29.4 ހެކްޓަރ ހުންނަ މި ރަށުގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މަސްވެރިކަމަށެވެ. މިފަހަކަށް އައިސް ފައިބަރު މަސައްކަތުގެ ސިނާޢަތްވެސް ވަރަށް ބާރަށް ރަށުގައި ކުރިއަރަމުން އައިސްފައިވެއެވެ.