Advertisement

17 Jul 2023
ޖަޒީރާ ދިރިއުޅުން
މިފްތާޙް މުޙައްމަދު

ލަންދޫގެ މުހިންމު މަޝްރޫޢުތަކެއް ނިމިއްޖެ

ނ. އަތޮޅު ލަންދޫގައި ރައީސް ޞާލިޙްގެ ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުތަކެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ބަނދަރު އަޕްގްރޭޑް ކުރުމާއި, ނަރުދަމާ ނިޒާމް ޤާއިމް ކުރުމާއި, 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމާއި އަދި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހެދުން ހިމެނެއެވެ.

ނ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއް އޮތް އިރު ލަންދޫގެ ބޮޑުމިނަކީ 86.8 ހެކްޓަރެވެ. މިރަށަކީ 686 މީހުންގެ ކުޑަ އާބާދީއެއް އޮންނަ ރަށެކެވެ

2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސުލް ޖުމްހޫރިއްޔާ ވަނީ ލަންދޫއަށް ވަޑައިގެން އެ ރަށުގެ ބަނދަރު އިފްތިތާޙު ކޮށްދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ, ލަންދޫ ބަނދަރު މަޝްރޫޢަކީ ލަންދޫ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދެންނެވި ގޮތަށް ކުރިޔަށް ގެންދެވުނު މަޝްރޫޢަކަށް ވުމަކީ އިތުރު ހިތް ހަމަޖެހުމެއް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ

އަދި ލަންދޫގައި އޭރު އިމާރާތް ކުރަމުން ދިޔަ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިގަތް އިރު އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި، ނަމަވެސް ރައްޔިތުންގެ އެދުމާއި އެއްގޮތަށް 500 މީހުންގެ ޖާގައިގެ މިސްކިތެއް ގޮތުގައި އެ މިސްކިތް ބޮޑުކުރަން ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާރު އެ މިސްކިތް ނިމިފައިވާއިރު, ރައީސް ވައުދުވެ ވަޑައިގެންނެވި ގޮތަށް, މިސްކިތުގެ ޖާގަ ވަނީ އިތުރު ކުރެވިފައެވެ

އެ ރަސްމިއްޔާތުގައި ނ. ލަންދޫގެ ބަނދަރު އިފްތިތާޙްކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހާނެ ސަރުކާރެއް ކަމަށާއި، މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމާއި ގޮތް ނިންމުމުގައި ރައްޔިތުންގެ ވިސްނުމަށް ސަރުކާރުން ރިޢާއަތްކުރާނެކަމަށެވެ

މިރަށުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތައް:

1.     4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް

2.     ފެނުގެ ނިޒާމް ގާއިމްކުރުން

3.     މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް

4.     ޕްރެޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނަބަލް އެނާރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

5.     ފުޓުބޯޅަ ދަނޑުގައި ސަބް ބޭސް ތައްޔާރުކުރުމާއި ޓާރފް އެޅުން

6.     ރާއްޖޭގެ ޤައުމީ ދަތުރު ފަތުރު ކުރުމުގެ ނިޒާމް ގާއިމްކުރުން

ނިމިފައިވާ މަޝްރޫޢުތައް:

1.     ބަނދަރު އަޕްގްރޭޑް ކުރުން

2.     ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާޓް ހެދުން

3.     މިސްކިތް އިމާރާތްކުރުން

4.     ނަރުދަމާ ނިޒާމް ގާއިމްކުރުން 

އެހެނިހެން މަރުހަލާތަކުގައި ހުރި ބައެއް މަޝްރޫޢުތައް:

1.     ވޮލީކޯޓު ތަރައްގީކުރުން

2.     ކުޑަ ކުދިންގެ ޕާކު ތަރައްގީކުރުން

3.     ހައިސްޕީޑް ފެރީ ނެޓްވާކްގެ އިމްޕްރޫވްމަންޓް ޕްލެޓްފޯމް

ނ. ލަންދޫއަކީ ރާއްޖޭގައި ބުޑިސްޓުން އުޅުނުކަން ރަމްޒުކޮށްދޭ ހެކިތަކުގެ ތެރެއިން އެފަދަ އެންމެ ގަދީމީ ތަންތަން ހުރި ރަށެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ތަނަކީ ލަންދޫ "މާބުދިގެ" ކިޔާ ތަނެވެ. ރާއްޖެއިން ފެނުނު އެންމެ ދުވަސްވީ ލިޔުން ފެނުނީވެސް މިރަށުންނެވެ. އެ ލިޔުން މިހާރު ބާއްވާފައިވަނީ ޤައުމީ ދާރުލްއާސާރުގައެވެ. މިރަށަކީ ނިސްބަތުން ކުއްޅަވައް ގިނަ ރަށެއްކަންވެސް ފާހަގަކޮށްލަމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.