އިބޫ 2023
އިބޫ 2023
20 Sep 2023
ޚަބަރު
ވިނަރެސް އަދި އެމްޕީއެލް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ލުއިގޮތެއް ހަމަޖައްސަދޭނަން: ރައީސް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ޕްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ދައްކަންޖެހޭ އަގު ކުޑަކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމްޑީޕީން ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
19 Sep 2023
ޚަބަރު
ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ދެއްވުމަށް ރައީސް ނިންމަވައިފި
މިއެލަވަންސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ސަރުކާރުގެ ވުޒާރާތަކުގެ %35 އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް މިދިޔަ މެއި މަހުން ފެށިގެން އެއެލަވަންސް ހަމަޖެހިގެން ދިޔައިރު، މީގެތެރޭގައި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާތީ މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރެއްވުމަށްފަހުއެވެ.
19 Sep 2023
ޚަބަރު
ކައުންސިލްތަކަށް މިނިސްޓްރީއެއް އުފެއްދުން ބިރުވެރި، ދެވޭނީ ފަހަތައް: ރައީސް
މިހާރަށް ވުރެ ބޮޑަށް ރަށްރަށުގެ ކައުންސިލްތައް ބާރުވެރިކުރުމަށް ޓަކައި ވަކިން ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކީ "ވަރަށް ވަރަށް ބިރުވެރި" ވާހަކައެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
19 Sep 2023
ޚަބަރު
ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓެއް ނެގިދާނެ: ރައީސް
ރިޔާސީ އިންތިހާބަށްފަހު ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ހެންވޭރުގެ ބައެއް ގޭގެއަށް ކުރެއްވި ޒިޔާރަތަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ.
11 Sep 2023
ޚަބަރު
ރައީސް ޞާލިޙްގެ އުފަން ރަށުން އެ މަނިކުފާނަށް މިފަހަރު 2018 އަށް ވުރެ ބޮޑު ޕަސެންޓެއް
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އުފަން ރަށް ކަމުގައިވާ ޅ. ހިންނަވަރުން, އެމަނިކުފާނު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމާއި ވާދަކުރައްވައި ހޯއްދެވި ވަރަށް ވުރެން ބޮޑު އިންސައްތައެއް، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯއްދަވައިފިއެވެ.
11 Sep 2023
ޚަބަރު
ކެމްޕޭނަށް ބަދަލުތަކެއް ގެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، އެއްބުރުން ކާމިޔާބު ނުކުރެވުމާއި ގުޅިގެން، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި އެކު، ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.
08 Sep 2023
ކީއްވެ އިބޫ؟
މިނިވަން ކަމަކީ ދޭދޭ ގައުމުތަކާ ޖެހިގެން ލިބޭނެ އެއްޗެއް ނޫން
ބަވަނަވެފައިވާ ދުނިޔޭގައި މިނިވަންކަން އޮތީ އެބައެއްގެ ތެރޭގައި އޮތް ޑިޕްލޮމަސީއެއްގެ މައްޗަށް، އަދި ފޮރިން ޕޮލިސީއެއްގެ މައްޗަށް އެކުލެވިގެންވާ ކަމެއް.
08 Sep 2023
ޖަޒީރާ ދިރިއުޅުން
ފ. ނިލަންދޫގެ ތަރައްގީގެ މަޝްރޫއުތައް
08 Sep 2023
ޚަބަރު
އައްޑޫއަށްޓަކައި ކުރަންވީ ކަމަކީ ރައީސް އިބޫ ހޮވުން: އަސްލަމް
އައްޑޫގެ ތަރައްގީއަށްޓަކައި ހޮވަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްކަމަށް އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ކޮށްދީފައިވާ ކަންކަމާއި ކުރިއަށް އޮތް ދައުރުގައި ކޮށްދޭން މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އައްޑޫ ރައްޔިތުން ރައީސް ހޮވަން ޖެހޭ ކަމަށެވެ.
08 Sep 2023
ކީއްވެ އިބޫ؟
އާރުޓީއެލް ޚިދުމަތް ތަޢާރަފްކޮށް، މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ކާމިޔާބުކަމާ އެކީ ކުރިޔަށް އެބަދޭ
ޝަމޫޙު އެންމެ ފާހަގަކުރީ އާރުޓީއެލް ޚިދުމަތް ތަޢާރަފްކޮށް، މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތް ކާމިޔާބުކަމާ އެކީ ކުރިޔަށް ގެންދިއުމުގެ އުފާވެރިކަން.
08 Sep 2023
ކީއްވެ އިބޫ؟
ވެރިކަމެއްގެ މުހިންމު ސިފަތައް
"ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުގައި، ވެރިކަމެއްގައި ހުންނަންޖެހޭ ޙާއްސަ ސިފަތައް ޝެއިޙް އިލްޔާސް ޖަމާލް އޮޅުންފިލުވާ ދެއްވުން.
08 Sep 2023
ދީން
އިސްލާމީ ވެރިކަމެއްގަ އެންމެ މުހިންމު އެއް ސިފައަކީ މަޝްވަރާގެ މަތިން އެ ވެރިކަމެއް ކުރުން
އިސްލާމީ ވެރިކަމެއްގައި އެންމެ މުހިންމު އެއްސިފައަކީ މަޝްވަރާގެ މަތިން އެ ވެރިކަމެއް ކުރުން ކަމަށާއި، އެ މާތް ސިފަ، ރައީސުލްޖުމްޙުރިއްޔާ އިބްރާޙިމް މުޙައްމަދުގެ ފުށުން ފެނުނުކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޙް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ. ޝައިޙް އިލްޔާސް މިހެން ވިދާޅުވީ "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.