Advertisement

21 Sep 2023
ޚަބަރު

ރިޔާޒް ރަޝީދު ރައީސް ސާލިހްއަށް ތާއީދުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަވަޑައިގަންނަވާ ރިޔާޒް ރަޝީދު ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. އޭނާ ވިދާޅުވީ ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމެވީ އެއީ މިވަގުތު އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިގަންނަވާތީކަމަށެވެ.

އިންތިޚާބުގެ ތެރޭގައި ވަރަށް ގިނަ މީހުންގެ ކަންބޮޑުވުންތަކާއި ޚިޔާލާއި އެމީހުން ބޭނުންވާ ގޮތް އެނގިވަޑައިގެންފައިވާ ކަމަށެވެ. ރައީސް ސާލިހަށް ވެރިކަން ލިބުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާތީ ދެވަނަ ބުރުގައި ރައީސް ޞާލިހަށް ތާޢީދުކުރައްވަން ނިންމެވީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރިޔާޒް ވިދާޅުވީ ރައީސް ސާލިހަކީ ޚާއްސަ މަޖިލިހުގައާއި ރައްޔިތުންގެ މަޖިލީހުގައިވެސް އެކުގައި އިސްލާހީގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވަރަށް ގާތް ބޭފުޅެއްކަމަށެވެ. ރިޔާޒްވަނީ ރައްޔިތުންގެ މަޖިލީހުގައި ޚާއްސަ މަޖިިލީހުގައާއި، މާލިއްޔަތު ކޮމިޓީއާއި، އެ ނޫން މަސައްކަތްތަކުގައިވެސް ރައީސް ޞާލިހާއެކުގައި މަސައްކަތްކުރައްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.