ރިޔާސީ އިންތިހާބު 2023
ރިޔާސީ އިންތިހާބު 2023
22 Sep 2023
ޚަބަރު
ރީ-ރަޖިސްޓްރޭޝަން ނިންމައި ވޯޓާރސް ލިސްޓަށް ޝަކުވާއަށް ހުޅުވާލައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތް ނިންމާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ވާން 47،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ.
22 Sep 2023
ޚަބަރު
ޖުމްހޫރީ ޕާޓީގައި ހުންނެވި އިލްހާމް އަހްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވާ ކެމްޕެއިންގައި އެމްޑީޕީ ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.
21 Sep 2023
ޚަބަރު
ރިޔާޒް ރަޝީދު ރައީސް ސާލިހްއަށް ތާއީދުކުރަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަވަޑައިގަންނަވާ ރިޔާޒް ރަޝީދު ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. އޭނާ ވިދާޅުވީ ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމެވީ އެއީ މިވަގުތު އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިގަންނަވާތީކަމަށެވެ.
18 Sep 2023
ޚަބަރު
ރީ-ރެޖިސްޓްރޭޝަނާއި ގުޅޭ ގޮތުން އިދިކޮޅުންކުރާ ތުހުމަތުތަކަށް އީސީއިން ޖަވާބު ދެއްވީ ތަފާސް ހިސާބުން
އިދިކޮޅު ކެންޑިޑޭޓް ސޯޝަލް މީޑިއާގައި އުފެއްދި ޝައްކުތަކަށް ޖަވާބުދިން އާއްމުންގެ ގިނަ މީހުންވެސް ފާހަގަކޮށްފައި ވަނީ އިންތިޚާބުތަކުގައި އެއަށްވުރެ މާގިނަ އަދަދަކަށް މީހުން ރީ-ރެޖިސްޓްރީ ކުރާ ކަމާއި، އަދި ފުރަތަމަ ބުރުގައި 70 ހާހަށްވުރެ ގިނަ މީހުން ވޯޓުނުލައި ތިބި ކަމެވެ.
18 Sep 2023
ޚަބަރު
ހެލިކޮޕްޓަރު ގެނައުމާއި އުތުރު ތިލަފަޅު އެއްބަސްވުންވެސް ހެދީ ޔާމީނު ސަރުކާރުގައި: ގާސިމް
ސޯސަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބިކަމަށާއި އަދި އުތުރު ތިލަފަޅާއި ގުޅުވައިގެންވެސް މި ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަދައްކަވަމުންނެވެ. ނަމަވެސް ސަރުކާރުން ވިދާޅުވެފައިވަނީ ރާއްޖޭގައި ސަމާމަތީ ކަންކަން ބެލެހެއްޓުމަށް އެއްވެސް ޤައުމެއްގެ ސިފައިނެއް ނުތިބޭނެކަމަށެވެ
18 Sep 2023
ޚަބަރު
ފުރަތަމަ ބުރުގަ 42،867 އަދި ދެވަނަ ބުރުގަ 47،000 އަށް ވުރެން ގިނަ މީހުން ރީ-ރެޖިސްކުރަން ހުށަހެޅި
މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ރީ-ރަޖިސްޓްރީކުރަން 47000 ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
18 Sep 2023
ޚަބަރު
އަޅުގަނޑަށް ކެތްވަންޏާ ތިބޭފުޅުންނަށް ވެސް ކެތްވާންވާނެ: މެޑަމް ފަޒްނާ
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ހިޔާ ސަރަހައްދަށް ޑޯޓުޑޯއަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަޙްމަދަށް ހަމަލާދިނުމަށް އިދިކޮޅު ކެންޑިޑޭޓު، ޑރ މުޙައްމަދު މުޢިއްޒުގެ ސަޕޯޓަރުން މަސައްކަތްކޮށް، އެމީހުންގެ ފުރައްސާރައިގެ އަޑު ގަދަވުމުން، އެކަމަށް މެޑަމް ފަޒްނާ އަރިހުގައި ތިއްބެވި ބޭފުޅުން ރައްދުދޭން ފެށުމުން، މެޑަމް ފަޒްނާ ނަސޭހަތްތެރިވީ އެމީހުންނަށް ރީތި މިސާލުދައްކާ، ކެއްތެރިކަމުގެ މާތް ސިފަ އިސްކުރުމަށެވެ. އަދި އެކަމަނާގެ ފުށުން ހިތްވަރު ހޯދުމަށެވެ.
17 Sep 2023
ރިޕޯޓް
އިންތިހާބުތަކުގެ މިނިވަންކަމާއި އިންސާފުވެރިކަމުގެ އެހާރާއި މިހާރު
ޑިމޮކްރަސީގެ މަގުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންވެ ހިންގަން ފެށިފަހުން މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށް 3 އިންތިހާބެއް ބާއްވައިފިއެވެ. އެއިން ކޮންމެ އިންތިހާބެއްގައިވެސް ބޮޑެތި މައްސަލަތަކެއް އިންތިހާބުގެ ކޮންމެ ބުރެއްގައިވެސް ކުރިމަތިވެއެވެ. ވޯޓާއި މެދު ރައްޔިތުން ޝައްކު ކުރުމާއި، ދެފުށް ފެންނަ އިންތިހާބެއްކަމާއި މެދު އުފެދޭ ސުވާލުތަކެވެ. އަހަރުން އަހަރަށް ރާއްޖޭގައި އެކި ފެންވަރުގައި ބޭއްވޭ އިންތިހާބުތަކުގައި ރާއްޖޭގެ އިލެކްޝަން ކޮމިޝަނުން ގެންދެވީ އިންތިހާބުތައް އަމާންކަމާއެކު ގެންދެވޭނެ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
17 Sep 2023
ޚަބަރު
އިދިކޮޅުން ވެރިކަމަށް އައިސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް އޮތީ ހަދާފައި: އިމްރާން
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ ޖަލަށް ލާނެ މީހުންގެ ލިސްޓެއް މިހާރުވެސް ހަދާފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ. އެމްޑީޕީން ރޭ ބޭއްވި ކެންޕެއިން ޖަލްސާގައި އިމްރާން ވިދާޅުވީ ރާއްޖެ ހަރާބުގެ ތެރެއަށް ދޫކޮށްލާކަށް ދުލެއް ނުކުރާނެ ކަމަށެވެ. ސަރުކާރު ބަދަލުވެއްޖެނަމަ ދެން އޮތީ އަނިޔާވެރި ވެރިކަމެއް ކަަމަށް ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އަނިޔާވެރި ވެރިކަމެއް އުފެދިއްޖެނަމަ ދެން ވާނެ ގޮތް ހުރިހާ ރައްޔިތުންނަށްވެސް އެނގޭ ކަމަށެވެ.
17 Sep 2023
ޚަބަރު
ޝިޔާމް ހުންނެވީ ރައީސްއާއިއެކު ގަދަކޮށް، މިކަން ކާމިޔާބުވާނެ: މައުރޫފް
މި މަހުގެ 9ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ރައީސްގެ ކޯލިޝަން ޕާޓްނަރު، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ރައީސް ސޯލިހުގެ ކެމްޕޭނު ހަރަކާތްތަކުން ފެނިވަޑައިނުގަންނަވާތީ ސިޔާމް ރައީސާ ފެއަށް ޖެހިވަޑައިގަންނަވަން އުޅޭ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރޭ ސޯސަން ޖަގަހައިގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ދެ ވަނަ ބުރަށް ރައީސް ކުޅިބައި އަތުރާލައްވައި ކޯލިޝަނާ އެކު ނުކުންނަވާފައިވާ ކަމަށެވެ.
17 Sep 2023
ޚަބަރު
އިރާދަކުރެއްވިއްޔާ ފަހަތުން އަރާ އިންތިހާބު ކާމިޔާބު ކުރާނަން: ރައީސް
ފަހަތުން އަރާވަޑައިގެން ދެވަނަ ބުރު އެމްޑީޕީން ކާމިޔާބު ކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ސޯސަން ޖަގަހައިގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި އިންތިހާބަކީ ފުޓުބޯޅަ މެޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
17 Sep 2023
ޚަބަރު
ރީ ރެޖިސްޓްރީ ކުރެވޭނީ މިއަދު ހަވީރު 4 ޖަހަންދެން
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބުރަށް ރީ ރެޖިސްޓްރީވުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 4:00 އެވެ. އިލެކްޝަން ކޮމިޝަނުން ފާހަގަ ކުރާ ގޮތުގައި މިހާރު 25،000 އަށް ވުރެއް ގިނަ ފަރާތްތަކުން ދެވަނަ ބުރުގެ ވޯޓުލުމަށް ރީ ރެޖިސްޓަރ ކޮށްފައިވެއެވެ.