Advertisement

25 Sep 2023
ޚަބަރު

ދެވަނަ ބުރުގައި ވޯޓުލެވެނީ 282،804 މީހުންނަށް، ލިސްޓު ފައިނަލްކޮށްފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ފައިނަލްކޮށް ގެޒެޓްކޮށްފިއެވެ. ލިސްޓު ފައިނަލް ކޮށްފައިވަނީ ރީރަޖިސްޓްރޭޝަން މަރުހަލާ ނިންމުމަށްފަހުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރައްވާފައިވާ ވޯޓާސް ލިސްޓުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބުނީ 282،395 މީހަކަށެވެ. އެހެންކަމުން ދެވަނަ ބުރުގައި އިތުރަށް ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ 409 މީހަކަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތަކުގެ ސައްޙަކަން ކަށަވަރުކޮށް، ޑަބަލް ޗެކް ކުރުމުގެ މަސައްކަތް މިހާރު ނިމި ލިސްޓް ފައިނަލްވެފައިވާކަމަށެވެ. ލިސްޓު ފައިނަލް ކުރުމަށްފަހު މިއަދު ކުރިއަށްދަނީ ލިސްޓުގައި އިލެކްޝަންސްގެ ވެރިން ސޮއިކުރުމުގެ މަސައްކަތްކަމަށާއި، މާދަމާ ކެނޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިކުރާނެކަމަށް އީސީން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ރާއްޖޭގައި ވޯޓުލުން ކުރިއަށްދަނީ ހެނދުނު 8 އިން ހަވީރު 5 ޖެހުމާއި ހަމައަށެވެ.  

މިއަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރާއްޖެއިން ބޭރުގެ 5 ތަނެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މިގޮތުން އަބޫދާބީއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، ސްރީލަންކާގެ ކޮލޮމްބޯއާއި، އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓު ފޮށި ބަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ގައުމުތަކުގައި ވޯޓުލުން ކުރިއަށްދާނީ އެ ޤައުމެއްގެ ގަޑިއަށް ބަލާފައެވެ. އެގޮތުން އަބޫދާބީގައި ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފަށާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި އިންޑިއާގެ ޓްރެވެންޑްރަމާއި ސްރީލަންކާގެ ކޮލޮމްބޯއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:30 ގައެވެ. މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ 11:00 ގައެވެ.

އަބޫދާބީގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ އެ ޤައުމުގެ ގަޑިން ހަވީރު 5 ޖަހާއިރުގައެވެ. އިންޑިއާގެ ޓްރެވެންޑްރަމާއި ސްރީލަންކާގެ ކޮލޮމްބޯއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5:30 ގައެވެ. މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ އެ ޤައުމުގެ ގަޑިން ރޭގަނޑު 8 ޖަހާއިރުކަމަށް އީސީއިން ވިދާޅުވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.