އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
15 Sep 2023
ޚަބަރު
ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު 408 ޒުވާނުންނަށް މުޅިން އަލަށް ލިބެއެވެ. އެއީ ސެޕްޓެންބަރު 30 ގެ ކުރިން 18 އަހަރު ފުރޭ 196 އަންހެނުންނާއި، 212 ފިރިހެނުންނެވެ.
14 Sep 2023
ޚަބަރު
ފުރަތަމަ ބުރުގައި ލޮލަށް ނުފެންނަ 45 މީހަކު ޓެންޕްލޭޓް ބޭނުންކޮށްގެން ވޯޓު ލި
ލޯފަން މީހުންނަށް ވޯޓުލުމަށް ހާއްސަކޮށްފައިވާ ޓެންޕްލޭޓް ބޭނުންކޮށްގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 45 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ. އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު މި އިންތިހާބުގައި ވޯޓު ލެވޭ އިންތިޒާމް ހަމަޖައްސާފައި ވާތީ ބައިނަލްއަގްވާމީ އޮބްޒާވަރުން ވެސް ވަނީ އީސީއަށް ތައުރީފްކޮށްފަ އެވެ.
11 Sep 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އާއްމުކޮށްފި
އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓްގައި މިހާރު ވަގުތީ ނަތީޖާ އާއްމުކޮށްފައި ވާއިރު، މީޑިއާތަކުން ގެނެސްދިން ވަގުތީ ނަތީޖާއާ މާބޮޑު ތަފާތެއް ނެތެެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ކުރީގައި އުޅުއްވަނީ، އިދިކޮޅު ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
11 Sep 2023
ޚަބަރު
2 ވަނަ ބުރުގައިވެސް ކެނޑިޑޭޓުންގެ ނަންބަރަކީ ކުރީގެ ނަންބަރު
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެވެސް ނަންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެވެސް ނަންބަރުކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ.
10 Sep 2023
ޚަބަރު
އިންތިހާބާއި ގުޅޭ 51 މައްސަލަ ހުށައެޅި
ރިޔާސީ އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 51 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ހަބީބް ވިދާޅުވީ މި މައްސަލަތަކާ ގުޅިގެން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކުރެއްވިކަމަށެވެ. އަދި ތަޙްޤީޤު ކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަޙްޤީޤް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
05 Sep 2023
ޚަބަރު
ކަޅު އަދި ނޫ ފިޔަވައި އެހެން ކުލައެއްގެ ގަލަމަކުން ވޯޓު ލައިފިނަމަ ބާތިލްވާނެ: އީސީ
ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނީ ކަޅު ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމަކުން ކަމަށާއި، އެހެން ކުލަކުލައިގެ ގަލަމުން ފާހަގަ ޖަހައިފިނަމަ ވޯޓު ބާޠިލްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ހަބީބު ވިދާޅުވީ އެކި ކުލަކުލައިގެ ގަލަމުން އިންތިޚާބުގައި ފާހަގަ ޖެހުމަށް ބައެއް ފަރާތްތަކުން ރާވަމުން އަންނަކަމުގެ ޝަކުވާ ބައެއް ޕާޓީތަކުން ހުށައަޅަފައިވާކަމަށެވެ.
02 Sep 2023
ޚަބަރު
"އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އީސީއަށް ނުފޫޒެއް ނުފޯރުވޭނެ"
އީސީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ވޯޓުލާ މަރުކަޒުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނީ މީހަކު ވޯޓުލާ މަރުކަޒަށް ވަންނަ ހިސާބުން ނިކުންނަންވަންދެން ހަރަކާތްތައް ފެންނަ ގޮތަށް ކަމަށެވެ. ހަމައެކަނި ނުފެންނާނީ ކަރުދާހުގައި ފާހަގަ ޖަހާ ވަގުތުގައި އެކަނި ކަމަށެވެ.
29 Aug 2023
ޚަބަރު
ސަމާލުވޭ، ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ބޭނުންކުރެވޭނީ މިތަކެތި
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީމ އިންތިހާބުގައި ވޯޓްލުމަށް ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެކަމަށެވެ. އިލެކްޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި، ޑިޖިޓަލް އައިޑީ ކާޑު އަދި އީފާސް ބޭނުން ނުކުރާ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
28 Aug 2023
ޚަބަރު
ފުލުހުން ހަރުކޮށްފައިވާ ކެމެރާތަކާއި، ބްރިޖް ލައިޓްގެ ވިއު ގެއްލޭގޮތައް ކެންޕެއިން ތަކެތި ހަރުނުކުރުމަށް އަންގައިފި
މާލެސިޓީގެ އެކި ސަރަހައްދުތަކުގައި، ފުލުހުން ހަރުކޮށްފައިވާ ކެމެރާތަކާއި ބްރިޖް ލައިޓްގެ ވިއު ގެއްލޭގޮތައް ކެންޕެއިންގެ ތަކެތި ނުދެމުމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ފުލުހުން ހަރުކޮށްފައިވާ ސެކިޔުރިޓީ ކެމެރާތަކާއި، މާލެސިޓީގެ މަގުތަކާއި، ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް، ރިޔާސީ ކެންޑިޑޭޓުންގެ ކެންޕޭން މެޓީރިއަލްސް ބަހައްޓަމުން ގެންދާތީ، އެކަން އެގޮތަށް ނުކުރުމަށް އަންގާކަމަށެވެ.
27 Aug 2023
ޚަބަރު
ތިން ކެންޑިޑޭޓެއްގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއި ނުކުރޭ: އީސީ
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަ ޑިމޮކްރެޓްސް، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަމުން އެބަދާކަމަށެވެ. ހަބީބު ވިދާޅުވީ،  ރިޔާސީ އިންތިހާބު 2023 ގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ގައި، ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން މިރޭގެ 10:00 އާ ހަމަޔަށް ކުރިޔަށް ދާނެކަމަށެވެ. މީގެ އިތުރުން ޙަބީބު ވިދާޅުވީ، ވޯޓާސް ލިސްޓުތައް ފޮނުވަންޖެހޭ މަރުކަޒުތަކަށް ފޮނުވުމަށްޓަކައި ޕެކް ކުރުމުގެ މަސައްކަތް މާދަމާ ކުރިޔަށް ދާނެ ކަމަށާއި، ވޯޓުކަރުދާސް ޗެކްކޮށް ޕެކް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިޔަށް ދާކަމަށެވެ.
25 Aug 2023
ޚަބަރު
އީސީގެ އޮފީހާއި އިންތިހާބީ މަރުކަޒު ކައިރީގައި ކެންޕެއިން ބެނާތައް ނުދެމުމަށް އަންގައިފި
އިލެކްޝަންސް ކޮމިޝަންގެ މައި އޮފީހާއި އިންތިޚާބީ މައި މަރުކަޒު ކައިރީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އަދި ރިޔާސީ ކެންޑިޑޭޓެއްގެ ކެމްޕޭން ބެނާތަކާއި ދިދަތައް ނުދެމުމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފިއެވެ. އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކެންޕެއިން ބެނާތައް މުޅި މާލޭގައި ވަނީ ދަމާފައެވެ. އަދި އިންތިހާބީ މައި މަރުކަޒު ދަރުބާރުގެ ކައިރީގައިވެސް މިފަދަ ބެނާތައް އެބަހުއްޓެވެ.
24 Aug 2023
ޚަބަރު
ވޯޓާރސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުމަށް މާދަމާ ހުޅުވާލަނީ
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި މާދަމާއިން ފެށިގެން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސޮއިކުރަން ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއެވެ.