Advertisement

ސިނަމާލެ ބުރިޖު ކައިރީގައި ޖަހާފައި ހުރި ކެމްޕޭން ބިލްބޯޑުތަކެއް ---

15 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އެންޑި ކެމްޕެއިން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ދެކޮޅަށް އެންޓިކެމްޕޭން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރާ މަސައްކަތުގައި އެންޓި ކެމްޕެއިންގެ އަމަލުތައް ފެންނަމުންދާ އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ތާއީދު ހޯދުމަށް ބޭނުން ކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ވެސް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްޤަށް އުނިކަން ލިބޭގޮތަށް މެސެޖުތައް ދައުރު ކުރަމުންދާކަންވެސް ފާހަގަކުރެވިފައި ވާކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެކޮމިޝަނުން ބުނީ، ކެނޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ޢަމަލު ކުރުމާއި، ކެންޑިޑޭޓުންނާއި މެދު ދޮގު މައުލޫމާތުތައް ފެތުރުމަކީ، ޤާނޫނު ނަމްބަރު 11/2008 އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އިން މަނާކޮށްފައިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ، އިންތިޚާބުތަކާއި ވެހޭ އާއްމު ޤަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށްވެސް އިލްތިމާސް ކުރާ ކަމުގައި އެކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެފަދަ ޢަަމަލުތައް ކުރާ ފަރާތްތަކާއި މެދު އެކޮމިޝަނުން ޤާނޫނި ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.