Advertisement

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން --

05 May 2024
ޚަބަރު
ޢަލީ ސުލައިމާން

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް އިނާޔަތްތަތަކާއި އެކު ރިޓަޔަރ ވެވޭ ގޮތަށް ހެދި ޤަވާއިދު އުވާލައިފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށްވެސް ރިޓަޔަރ ވެވޭގޮތަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ޤަވާއިދު ބާޠިލްކޮށްފިއެވެ.

އެޤަވާއިދު ބާޠިލް ކުރުމާއި ގުޅޭ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އެ ޤަވާއިދު ބާޠިލްކޮށްފައި ވަނީ، ފިނޭންސް މިނިސްޓްރީން އެންގުމުން ކަމަށެވެ.

މިގޮތުން އެ ޤަވާއިދުގައި ހިމަނާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ރިޓަޔަރ ކުރެވޭ އުސޫލުގައި، ރިޓަޔަރ ވުމަށް އެދި ހުށައަޅާ މުވައްޒަފުގެ ޚިދުމަތުގެ މުއްދަތު ގުނާއިރު ކޮމިޝަންގެ މެމްބަރުކަމުގައި ހުރި މުއްދަތުވެސް ގުނާ ގޮތަށެވެ.

ކޮމިޝަނުން އެޤަވާއިދުގައި ހިމަނާފައި އޮތީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންކަމަށް ޢައްޔަނުކުރެވޭއިރު، ކޮމިޝަންގެ ދާއިމީ ވަޒީފާގައި ޚިދުމަތްކޮށްފައިވާ ފަރާތެއް ނަމަ ރިޓަޔަމެންޓް ދިނުމުގައި ގުނާ 15 އަހަރުގެ މުއްދަތުގައި ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުރި މުއްދަތާއި އެކު ގުނާ ގޮތަށެވެ. އަދި ރިޓަޔަމެންޓް ދޭނީ މެމްބަރު ކަމުގެ މަޤާމުގެ ކުރިން އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގައި އަދާކުރެއްވި މަޤާމުގެ މުސާރަ އާއި ޢިނާޔަތްތަކަށް ބަލައިގެން ކަމުގައިވެސް ކޮމިޝަނުން ވަނީ އެޤަވާއިދުގައި  ހިމަނާފައެެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ވަނީ އެގޮތަށް މުއްދަތު ނުގުނޭނެ ކަަމަށެވެ. އޭގެ ސަބަބަކަށް ފިނޭންސް މިނިސްޓްރީން ބުނަނީ ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަކީ، މަޖިލީހުން ރުހުންދީގެން ޢައްޔަނު ކުރެވޭ މަޤާމަކަށް ވުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.