Advertisement

އޭޕްރީލް 21 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރެއިން --

04 May 2024
ޚަބަރު
ޢަލީ ސުލައިމާން

ހަ ރަށެއްގެ ކައުންސިލްތަކަށް މެމްބަރުން ހޮވުމަށް ބައި-އިލެކްޝަން ތަކުގެ ވޯޓުލުން ފަށައިފި

ހަ ރަށެއްގެ ކައުންސިލްތަކަށް މެމްބަރުން ހޮވުމަށް ބައި-އިލެކްޝަން ތަކުގެ ވޯޓުލުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ކުރިޔަށް ދަނީ، މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންސް ތަކުގެ ވޯޓު ނެގުމެވެ. 

މި އިންތިޚާބުގެ ވޯޓު ނެގުން ކުރިޔަށް ގެންދިޔުމަށް 11 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އޭގެ ތެެރެއިން 3 ވޯޓުފޮއްޓެއް ބަހައްޓާފައި ވަނީ މާލޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ހެނދުނު 8:10ގެ ކުރިން ހުރިހާ ރަށެއްގައިވެސް ވޯޓުލުން ފެށިފައިވާ ކަމަށެވެ.

މި ބައި އިލެކްޝަންގައި، 5000 ވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވީ ނަމަވެސް ވޯޓުލާން ފެށިތާ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި ވޯޓުލާފައި ވަނީ އެންމެ 626 މީހުންނެވެ. މި ބައި-އިލެކްޝަންސް ތަކުގެ ވޯޓު ނެގުން ކުރިޔަށްދާނީ މިއަދުގެ ހަވީރު 4:00 އާއި ހަމައަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.