Advertisement

ދިއްދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރު، ޢަބްދުއްﷲ ރަޝީދު --

15 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އަސާސީ ޚިދުމަތްތަށްވެސް ސަރުކާރަށް ވޯޓު ހޯދުމުގެ ހަތިޔާރަކަށް ހަދަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު، ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުމަށްޓަކައި އަސާސީ ޚިދުމަތްތައް ނުދީ ހިފެހެއްޓުމަށް ފެނަކައިގެ އިސް މަޤާމެއްގައި ހުރި މީހަކު ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާއަށް ޕީޕިއެމް ޕިއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ބޭއްވި ކެމްޕޭން އެއްވުމެއްގައި، މިސަރުކާރުން، ދިއްދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރަކަށް ހަމަޖައްސާފައިވާ، ޢަބްދުއްﷲ ރަޝީދު ވަނީ، ދިއްދޫގައި، ކަރަންޓްދޭންވީ، ހަމައެކަނި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ގެތަކަށް އެކަނި ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

ދިއްދޫގެ ކަރަންޓްގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިޔުމާއި ކޮންމެ ދުވަހަކު ކަރަންޓް ކެނޑޭތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ އުނދަގޫތަކާއި ގެއްލުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެކަމަށް މަލާމާތް ރައްދުވާ ގޮތަށް، ޢަބުދުﷲ ރަޝީދު ވިދާޅުވީ، ކަރަންޓް ކެނޑެމުން ދިޔުމަކީ ނަސީބެއް ކަމަށާއި، އިންތިޚާބު ނިމެންދެން ކަރަންޓް ދޭންވީވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ގެތަކަށް ކަމަށެވެ.

ދިއްދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރު، ޢަބްދުއްﷲ ރަޝީދު -- 

އިންތިޚާބުގެ ވޯޓުލުން ގާތްވަމުން އަންނައިރު، ޕީއެންސީގެ ސަޕޯޓަރުން އެކި ސިފަސިފައިގައި، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން ވަޒީފާގެ ބިރު ދެއްކުމާއި، މީހުން ވަޒީފާތަކުން ސަސްޕެންޑް ކުރުން ފަދަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.