Advertisement

އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން --

22 May 2024
ޚަބަރު
ޢަލީ ސުލައިމާން

އިއްޔެގެ ނިޔަަލަށް މާލީ ބަޔާން ހުށައެޅީ، 186 ކެންޑިޑޭޓުން

ނިމިިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އިއްޔެގެ ނިޔަަލަށް، މާލީ ބަޔާން ހުށައަޅުއްވާފައި ވަނީ، 186 ކެންޑިޑޭޓުންކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ، މާލީ ބަޔާން ހުށައެޅުއްވި 186 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ، ޕާޓީތަކުން އިންތިޚާބުގައި ވާދަކުރެއްވި 127 ކެންޑިޑޭޓުންނާއި، އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރެއްވި 59 ކެންޑިޑޭޓުން ކަމަށެވެ. އަދި ކެންޑިޑޭޓުން މާލީ ބަޔާންތައް ހުށައެޅުމަށް ދީފައިވާ ސުންގަނޑި މިރޭގެ 23:59އަށް ހަމަވާނެ ކަމުގައިވެސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނުން ވިދާޅުވީ، މިއަދާއި މިރޭވެސް ވަރަށް ގިނަ ކެނޑިޑޭޓުން މާލީ ބަޔާންތައް ހުށައަޅުއްވަމުން އެބަ ގެންދަވާ ކަމަށެވެ. ޤާނޫނު ބުނާ ގޮތުން، އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން އިންތިޚާބު ނިމޭތާ 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާންތައް ހުށައަޅުއްވަންޖެހޭނެއެވެ. މިގޮތުން، ކެންޑިޑޭޓުންނަށް  [email protected] އަށް އީމެއިލްގެ ޒަރިއްޔާއިންވެސް މާލީ ބަޔާންތައް ހުށައެޅުއްވޭނެ ކަމުގައި ކޮމިޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން ދީފައިވާ ސުންގަނޑި ހަމަވުމަށްފަހުގައިވެސް މާލީ ބަޔާންތައް ހުށައެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި އެހެން ނަމަވެސް މާލީ ބަޔާންތައް ހުށަނާޅުއްވާ ފަރާތްތަކަށް ދަޢުވާކުރުމާއި މެދު ގޮތް ނިންމާނީ ކޮމިޝަންގެ ބައްދަލުވުމަކުން އެކަން ނިންމައިގެން ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، 368 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އިއްޔެގެ ނިޔަލަށް އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކެންޑިޑޭޓުން މާލީ ބަޔާންތައް ހުށައަޅާފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.