Advertisement

އިންތިޚާބަށް އޮފިޝަލުން ތައްޔާރު ކުރުމުގެ ތެރެއިން ---

14 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބާއި ގުޅޭ 40 ވުރެ ގިނަ މައްސަލަ ހުށައަޅައިފި

އަންނަ އާދިއްދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިގުޅިގެން 40 ވުރެ ހުށައެޅިފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ، މަޖިލިސް އިންތިޚާބާއި ގުޅިގެން އިއްޔެއާ ހަމައަށް 41 މައްސަަލައެއް ހުށައަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ، ވޯޓާސް ރަޖިސްޓްރީއަށް ހުށައަޅާފައިވާ ޝަކުވާތަކެއް ކަމުގައެވެ. މީގެ އިތުރުން ކެންޑިޑެންސީއާއި ގުޅޭ މައްސަލަތައްވެސް ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ.

އެކޮމިޝަނުން ވިދާޅުވެފައި ވަނީ، ހުށައެޅިފައިވާ މައްސަލަ ތަކުގެ ތެރެއިން 38 މައްސަލައެއް މިހާރު ބަލައި ނިންމާފައި ވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި އިންތިޚާބުގެ ޤާނޫނާއި ޚިލާފަށް ކެންޑިޑޭޓުންނާއި ސަޕޯޓަރުން އަމަލުކުރަމުން އަންނަ ކަމުގެ ޝަކުވާތައްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން ސަރުކާރުން ވަޒީފާގެ ބިރު ދައްކައި އިންތިޚާބަށް ނުފޫޒު ފޯރުވުމާއި ގުޅޭ ވާހަކަތައް ސަރުކާރު ހިންގާ ޕާޓީ ޕިއެންސީގެ ކެންޑިޑޭޓަކު ދައްކާފައި ވާއިރު، އެމައްސަލަ ބަލާނެ ކަމުގައިވެސް އީސީން ވަނީ ވިދާޅުވެފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.