ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓާނީ ދެ ޤައުމެއްގައި - އީސީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ވުމަށް ހުޅުވާލި ފުރުޞަތު ބުދަދުވަހުގެ 16:00އަށް ހަމަވި އިރު، 13378 މީހުން ވަނީ ރީ-ރެޖިސްޓްރީވުމަށް އެދި ހުށައަޅާފައެވެ. އޭގެ ތެރެއިން 1459 ފޯމް އެކި ސަބަބުތަކާއި ހެދި އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަންނަކަމަށާއި، ރީ-ރެޖިސްޓްރީކޮށްދީފައި ވަނީ، 11،919 މީހުން ކަމުގައިވެސް ކޮމިޝަނުން ވިދާޅުވިއެވެ.