Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ،  ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލީ، އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަޤާމުގެ މުއްދަތު އެންމެ އަވަހަށް ހަމަވަނީ، މިހާރު ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިސްމާއީލް ޙަބީބެވެ. ޙަބީބަކީ، އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން އެންމެ ގިނަ ބޭފުޅުންނަށް ފާހަގަކުރެވޭ މެމްބަރެވެ. އިލެކްޝަންސް ކޮމިޝަނާއި ގުޅޭ ކަންކަމުގައި، އެމަނިކުފާނު މީޑިއާތަކާއި ގާތްގުޅުމެއް ބާއްވައެވެ.

ޙަބީބުގެ ދައުރު، މަޖިލިސް އިންތިޚާބު ބާއްވާ މާރިޗު 17 ގެކުރިން ހަމަވާނެއެވެ. އިންތިޚާބުގެ ކަންކަމުގައި އެންމެ އިސްކޮށް ޙަބީބު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، 13 މާރިޗުގައި 2024ގައި ޙަބީބުގެ މަޤާމުގެ ދައުރު ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ރައީސުލްޖުމްހޫރއިްޔާގެ އޮފީހަށް ފޯމް ހުށައަޅަންޖެހޭނީ ޖެނުއަރީ މަހުގެ 29 އަދި 30 މި ދެދުވަހުން ދުވަހެއްގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު ބުނާގޮތުން އެކޮމިޝަނުގައި 5 މެމްބަރުން ތިއްބަވަންޖެހެއެވެ. އަދި ކޮންމެ މެމްބަރެއްގެވެސް ދައުރަކީ، މީލާދީ ގޮތުން 5 އަހަރު ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.