Advertisement

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

27 Jan 2024
ޚަބަރު

އިންތިހާބުގައި ވާދަކުރާ މީހުންގެ ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމުގެ ހިދުމަތް ހަފްތާ ބަންދުގައިވެސް ލިބޭނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލާ މީހުންގެ ކުށާއި، ދަރަނީގެ ރެކޯޑް ސާފުކުރުމުގެ ޚިދުމަތް ހަފްތާ ބަންދުގައިވެސް ލިބޭނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޖެނުއަރީ 31އިން ފެށިގެން ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން ހުރިހާ ދުވަހެއްގައިވެސް ރެކޯޑް ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ހަފްތާ ބަންދުގައިވެސް ޑީޖޭއޭގެ ޑެސްކްތަކުން އެޚިދުމަތް ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މި މުއްދަތުގައި ހުކުރު ދުވަސްތަކުގައި ޚިދުމަތް ލިބޭނީ ހަވީރު 16:00އިން 19:00އަށެވެ. އަދި ހޮނިހިރު ދުވަސްތަކުގައި ޚިދުމަތް ލިބޭނީ ހެނދުނު 11:00އިން 15:00އަށެވެ.

ރެކޯޑް ސާފުކުރުމުގެ އިންތިޒާމް ޑިޕާޓްމަންޓްގެ ރިސެޕްޝަނުން ހަމަޖެހޭނެކަމަށް ޑީޖޭއޭން ވަނީ ވިދާޅުވެފައެވެ. ރެކޯޑް ސާފުކުރަން ހުށައަޅާ މީހުން ދުރާލާ ހުށައެޅުމަށް ޑިޖޭއޭން ވަނީ އިލްތިމާސްކުރައްވާފައެވެ. ރެކޯޑް ސާފުކުރުމަށް 5 ދުވަހުގެ މުއްދަތެއް ހިނގާނެތީ އެ މުއްދަތު ލިބޭގޮތަށް، ހުށައެޅުނަށް ސަމާލްކަން ދިނުމަށް ޑީޖޭއޭންވަނީ އެދިވަޑައިގެންފައެވެ.

ރެކޯޑް ސާފުކުރުމަށް އެދި ހުށައަޅަންޖެހޭނީ "ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ޖަދުވަލު 1" ފޯމު މެދުވެރިކޮށެވެ. ފޯމު ރިސެޕްޝަނުންނާއި، ޑީޖޭއޭގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ޑީޖޭއޭގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅާނީ [email protected] އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.