Advertisement

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަންގައި މީހަކު ވޯޓުލަނީ - ފޮޓޯ: އީސީ

16 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބުގެ ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށައެޅުމުގެ އަންނަ އާދިއްތަ ދުވަހަށް ހަމަވާނެ!

މިއަހަރު ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ބުނީ، ވޯޓާސް ރެޖިސްޓްރީއަށް ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު، ތާރީޚަކީ، 2024 ޖެނުއަރީ 21 ވާ އާދީއްތަ ދުވަސް ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ، ވޯޓާސް ރެޖިސްޓްރީގައި، އެމީހެއްގެ ނަން، އެޑްރެސް ، އައިޑެންޓިޓީ ކާޑު ނަންބަރު އަދި ޚާއްޞަކޮށް އެމީހަކު ވޯޓުލާންޖެހޭ ދާއިރާ އޮތީ ރަނގަޅަށްތޯ ބެއްލެވުމަކީ ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެެއް ކަމަށެވެ.

އަދި މިހާރު ކޮމިޝަނުން ދީފައިވާ، މުއްދަތު ގައި ޗެކް ނުކުރެވިއްޖެނަމަ، ބޭނުންވާ ދާއިރާއަށް ވޯޓު ލުމުގެ ފުރުޞަތުގެއްލިދާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން، ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އެކުލަވާލުމުގައި، މަސްދަރެއްގެ ގޮތުން ބަލާނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ގައިވާ އައިޑެންޓިޓީ ކާޑު ގެ މަޢުލޫމާތަށް ކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.

ޤާނޫނުގައި ވާގޮތުން ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާއްމުކޮށް ޝަކުވާ ހުށައެޅުމަށް ދޭންޖެހެނީ 10 ދުވަހުގެ މުއްދަތެކެވެ. އައިޑެންޓިޓީ ކާޑު ގައިވާ މައުލޫމާތާއި، ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައިވާ މައުލޫމާތު ދިމާވޭތޯ 1414 އާ ގުޅުއްވައިގެންނާއި، އެސްއެމްއެސްކޮށްގެން ޗެކްކުރެވޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.