އެންމެފަހު ވަގުތަށް ކެންޑިޑެންސީ ހުށައެޅުން ލަސްނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އެދިވަޑައިގެންފި
ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނުން، ޖުލައި 23 ގައި ހުޅުވާލި ފުރުޞަތު އޮތީ، މިއަދުުގެ 14:00އަށް ހަމަވާނެ ކަމަށެވެ. އަދި މިހާތަނަށް ކޮމިޝަނަށް ހުށައަޅާފައި ވަނީ، 4 ފަރާތަކުން ފާހަގަކުރައްވައި ޙަބީބު ވިދާޅުވީ، އެންމެ ފަހު ވަގުތަށް މަޑުކުރައްވައިފިނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ޙާލަތެއް ދިމާވެއްޖެ ހިނދެއްގައި، މިއަދުގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީ، ވަގުތު އޮއްވައި އެޕްލިކޭޝަންތައް ހުށައެޅުއްވުމަށް އެދޭ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރެއްވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔުއްވުން ވަރަށް މުހިންމު ކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.