Advertisement

07 Aug 2023
ޚަބަރު

އެންމެފަހު ވަގުތަށް ކެންޑިޑެންސީ ހުށައެޅުން ލަސްނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އެދިވަޑައިގެންފި

އެންމެފަހު ވަގުތަށް ކެންޑިޑެންސީ ހުށައެޅުން ލަސްނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު އެދިވަޑައިގެންފިއެވެ.

ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނުން، ޖުލައި 23 ގައި ހުޅުވާލި ފުރުޞަތު އޮތީ، މިއަދުުގެ 14:00އަށް ހަމަވާނެ ކަމަށެވެ. އަދި މިހާތަނަށް ކޮމިޝަނަށް ހުށައަޅާފައި ވަނީ، 4 ފަރާތަކުން ފާހަގަކުރައްވައި ޙަބީބު ވިދާޅުވީ، އެންމެ ފަހު ވަގުތަށް މަޑުކުރައްވައިފިނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ޙާލަތެއް ދިމާވެއްޖެ ހިނދެއްގައި، މިއަދުގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީ، ވަގުތު އޮއްވައި އެޕްލިކޭޝަންތައް ހުށައެޅުއްވުމަށް އެދޭ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރެއްވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔުއްވުން ވަރަށް މުހިންމު ކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.

މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެންސީ ހުށައެޅުއްވީ، ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީނު ޢަބުދުލްޤައްޔޫމާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމާއި، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

މީގެ ތެރެއިން ރައީސް ޔާމީނާއި އިލްޔާސް ލަބީބުގެ ކެންޑިޑެންސީ ފިޔަވައި އެހެން ބޭފުޅުންގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަތްކަން މިހާރު ވަނީ އިޢުލާނު ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.