Advertisement

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙް ވޯޓުދެއްވަނީ ---

21 Aug 2023
ޚަބަރު

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ރާއްޖެއިން ބޭރުގައި ކުރިޔަށް ގެންދާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފި

ރިޔާސީ އިންތިހާބު 2023 ގައި، ރާއްޖޭން ބޭރުގައި ވޯޓުފޮށި ބަހައްޓާ 5 ގައުމުގައި، އެ ގައުމެއްގެ ގަޑިން ވޯޓުލުން ފަށާގަޑި އާއި، ވޯޓުލުން ނިންމާ ގަޑިތައް އީސީ އިން ޢާންމުކޮށްފިއެވެ.

ރާއްޖެއިން ބޭރުގެ ފަސް ޤައުމެއްގައި ވޯޓުފޮށިތައް ބަހައްޓާއިރު، އެޤައުމުތަކާއި ރާއްޖޭގެ ގަޑިއާ ބޮޑު ފަރަޤެއް ހުރެއެވެ. މިގޮތުން އެންމެ ބޮޑު ފަރަޤެއް ހުންނާނީ ރާއްޖެއާ އިނގިރޭސި ވިލާތާއި ދެމެދުގައެވެ. މިގޮތުން އިނގިރޭސި ވިލާތުގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ 4 ގަޑިއިރު ލަސްވާނެއެވެ. ޓްރެވިންޑްރަމްއާ ކޮލަމްބޯގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ 30 މިނިޓް އަވަސްވާނެއެވެ. އަބޫދާބީގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ އެއްގަޑިއިރު ލަސްވާނެއެވެ. ކުއާލަލަމްޕޫރުގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ 2 ގަޑިއިރު އަވަސް ވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޓްރެވިންޑްރަމްއާ ކޮލަމްބޯ އަދި ލަންޑަނުގައި ވޯޓުލާން ފަށާނީ އެގައުމުތަކުގެ ގަޑިން ހެނދުނު 8:30 ގައެވެ. އަދި ވޯޓުލުން ނިންމާނީ 16:30 ގައެވެ. އަބޫދާބީގައި ވޯޓުލުން ފަށާނީ، ހެނދުނު، 9:00 ގައެވެ. ވޯޓުލުން ނިންމާނީ، 17:00 ގައެވެ. ކުއާލަލަމްޕޫރުގައި ވޯޓުލާން ފަށާނީ، މެލޭޝިއާ ގަޑިން ހެނދުނު 11:00ގައެވެ. އަދި ވޯޓުލުން ނިމޭނީ، އިރުއޮއްސި 19:00 ގައެވެ.

ލަންޑަން ފިޔަވައި އެހެން ހުރިހާ ސިޓީއެއްގައިވެސް ވޯޓުލާގަޑިއާއި ވޯޓުލުން ނިންމާގަޑި ރާއްޖެއާ އެއްވަގުތަކަށް ދިމާވާނެއެވެ. އެހެން ނަމަވެސް ލަންޑަނުގައި ވޯޓުލުން ފެށޭނީވެސް ރާއްޖޭގަޑިން، މެންދުރު 12:30 ގައެވެ. އަދި ލަންޑަނުގައި ވޯޓުލުން ނިމޭނީ ރާއްޖޭގަޑިން ރޭގަނޑު 8:00 ޖަހާއިރުގައެވެ. ލަންޑަނުގައި ވޯޓުލުން ނިމޭނީ، ރާއްޖެއާ އެހެން ޤައުމުތަކުގައި ވޯޓުގެ ނަތީޖާ އިޢުލާން ކުރަންފަށާފަހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.