Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

25 Aug 2023
ޚަބަރު

އީސީގެ އޮފީހާއި އިންތިހާބީ މަރުކަޒު ކައިރީގައި ކެންޕެއިން ބެނާތައް ނުދެމުމަށް އަންގައިފި

އިލެކްޝަންސް ކޮމިޝަންގެ މައި އޮފީހާއި އިންތިޚާބީ މައި މަރުކަޒު ކައިރީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އަދި ރިޔާސީ ކެންޑިޑޭޓެއްގެ ކެމްޕޭން ބެނާތަކާއި ދިދަތައް ނުދެމުމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކެންޕެއިން ބެނާތައް މުޅި މާލޭގައި ވަނީ ދަމާފައެވެ. އަދި އިންތިހާބީ މައި މަރުކަޒު ދަރުބާރުގެ ކައިރީގައިވެސް މިފަދަ ބެނާތައް އެބަހުއްޓެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، އިންތިޚާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ދަރުބާރުގެއާއި، އިލެކްޝަންސް ކޮމިޝަނުގެ މައި އޮފީހުގެ ކުރިމައްޗަށްވާ ގޮތަށާއި، އިންވެގެންވާ މަގުތަކާއި، ގޯޅިތަކުގައި އެއްވެސް ޕާޓީއެއްގެ އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ދިދައާއި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުން ފަދަ ކަންކަން ނުކުރުމަށް އެކޮމިޝަނުން ހުރިހާ ޕާޓީތަކަށް އަންގާފައިވާކަމަށެވެ.

މިހާރު ހަރުކުރެވިފައިވާ މިފަދަ ތަކެތި ވީހާ އަވަހަކަށް ނެގުމަށްވެސް އަންގާފައިވާކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެނޑިޑޭޓަކު އަންނަނީ ވާދަކުރަމުންނެވެ. މިއަހަރުގެ އިންތިހާބުގައި 2 ލައްކަ އަށްވުރެ ގިނަ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.