Advertisement

07 Aug 2023
ޚަބަރު

މުއިއްޒުއާއި ގާސިމްގެ ފޯމު އީސީއަށް ހުށައަޅައިފި

މުއިއްޒުއާއި ގާސިމްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މި 2 ކެނޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވަނީ މިއަދުއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރިޔާސީ އިންތިހާބުގައި ވާދަކުރަން މުއިއްޒުގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ މުއިއްޒާއި އޭނާގެ ރަނިން މޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް މިއަދު ހެނދުނު 9:30 ހާއިރު، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އީސީގެ އިންތިހާބީ މަރުކަޒަށް ވަޑައިގެންނެވެ. ފޯމާ ހަވާލުވެވަޑައިގަތީ އީސީގެ ރައީސް ފުއާދު ތައުފީގު އެވެ.

ގާސިމްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު ހުންނަ މ. ކުނޫޒުން ފެށިގެން ދަރުބާރުގެއަށް ސަޕޯޓަރުންނާ އެކު ހިންގަވާފައި ވަޑައިގެންނެވެ. ފޯމު ހުށައަޅުއްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްއެވެ. ގާސިމްގެ ފޯމު ހުށައަޅާފައިވަނީ މިއަދު ހެނދުނު 10 ޖެހިއިރުއެވެ.

މަޖީދީ މަގުން ބޮޑުތަކުރުފާނު މަގަށް އަޅައިގެން އަމީނީ މަގުން ހިންގާފައި ގާސިމާއި ޕާޓީގެ އިސް ބޭފުޅުން އަދި ސަޕޯޓަރުން ވަޑައިގެންނެވި އިރު ހުރީ ގާސިމްގެ ކެމްޕޭނުގައި ބޭނުންކުރާ ލަވަތައް ޖަހާފަ އެވެ. އަދި ތިބީ ގައުމީ ދިދަ ހިފައިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.