Advertisement

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމުގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ

20 Aug 2023
ޚަބަރު

ކެނޑިޑޭޓުންގެ ސަލާމަތައް ނުރައްކާވާ ކަމެއް ނުކުރޭ، އެއީ ކުށެއް: އީސީ

ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ. އެކޮމިޝަނުން މިކަމަށް އިލްތިމާސްކުރެއްވީ، އިއްޔެ ހަވީރު މާލޭގައި ކެމްޕެއިން ހަރަކާތެއްގައި ޢުމަރު ނަޞީރު ހުންނަވަނިކޮށް، މީހަކު ދަގަނޑު އެއްޗަކުން ޙަމަލާދީފައިވާތީއެވެ.

ޢުމަރު ނަސީރު ވިދާޅުވީ، އެމަނިކުފާނު ކެމްޕެއިން ހަރަކާތުގައި ހުންނަވަނިކޮށް، ޑްރަގް ވިއްކާކަމަށް ތުހުމަތުކުރެވޭ މީހަކު ދަގަނޑު އެއްޗެއް އެއްލާ މޫނުމަތީ ޖެއްސެވުމަށްފަހު ފިލާފައިވާކަމަށެވެ. ނަމަވެސް އަނިޔާއެއް ވެފައިނުވާކަމަށާއި މި ޙާދިސާއާއި ގުޅިގެން ޢުމަރުގެ ސެކިއުރިޓީގެ ގޮތުގައި ތިއްބެވި ސިފައިން އެމީހާގެ ފޮޓޯ މިހާރު ފުލުހުންނާ ހިއްސާ ކޮށްފައިވާކަމަށްވެސް ޢުމަރު ވިދާޅުވިއެވެ. މިހާދިސާގައި ޢުމަރު ނަސީރަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުން ނަންތައް އެ ކޮމިޝަނުން ޢާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެން، އިންތިޚާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ ބޭފުޅަކު ޙަވާލުވަންދެން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ދޭން ގާނޫނު ލާޒިމްކުރާކަމަށެވެ. އެހެންކަމުން އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއްކަމަށް ހަބީބް ވަނީ ހަންދާންކޮށްދެއްވާފައެވެ.

މިފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ހަބީބު ވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށް ޙަބީބު ވަނީ ވިދާޅުވެފައެވެ.ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަސީރަށް މީހަކު ހަމަލާދީފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްގޮސް، އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އީސީގެ ފަރާތުން ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.