Advertisement

ރިޔާސީ އިންތިޚާބުގެ އޮފިޝަލުން ތަމްރީން ކުރުމުގެ ތެރެއިން ---

20 Aug 2023
ޚަބަރު

ރިޔާސީ އިންތިޚާބުގެ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް ފަށައިފި

ރިޔާސީ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކަތް ކުރާ ފަރާތްތަކަށް ތަމްރީން ދިނުމުގެ ޕްރޮގްރާމް އާދީއްތަ ދުވަހު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، މާލޭސިޓީ ފިޔަވައި، އެހެން ސިޓީތަކާއި، ހުރިހާ އަތޮޅެއްގެ، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް އާދީއްތަ ދުވަހު ފަށާފައިވާކަމަށެވެ.

ޙަބީބު ވިދާޅުވީ، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ އޮފިޝަލުންނަކީ، އިލެކްޝަންސް ކޮމިޝަންގެ އިގްރާރުގައި ސޮއިކުރެއްވުމަށްފަހު، އެއްވެސް ސިޔާސީ ޕާޓީއެއްގެ ސިޔާސީ ޙަރަކާތްތެއްގައި، އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތެއްގައި އުޅުއްވޭނޭ ބޭފުޅުންނެެއްނޫންކަމަށެވެ. އަދި ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ނުކުރުމުގެ ގޮތުން ވެސް ޚިޔާލެއް ފާޅު ކުރުމަކީ އޮފިޝަލުންގެ ސުލޫކީ މިންގަނޑާ ހިލާފުވާނޭ ކަމެއްކަމުގައި ވުމުން، ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުން، ސުލޫކީ މިންގަނޑު ދެމެހެއްޓެވުން އެދޭކަމުގައި ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ، ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުން މިކަންކަން ކަށަވަރުކުރެއްވުން އިލެކްޝަންސް ކޮމިޝަނުން އެދޭކަމަށާއި، އަދި ޓްރޭނަރުންވެސް މިކަމަށް ސަމާލުކަން ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ، 9 ސެޕްޓެމްބަރު 2023ވާ ހޮނިހިރު ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.