Advertisement

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ---

04 Aug 2023
ޚަބަރު
ޢަލީ ސުލައިމާން

ރީ-ރެޖިސްޓްރީ ކުރުމުގެ މުއްދަތު މާދަމާ ހަމަވާނެ، ދެން މުއްދަތު އިތުރެއް ނުކުރާނެ

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށައެޅުމަށް ދީފައިވާ ސުންގަނޑި މާދަމާގެ 16:00އަށް ހަމަވާނެ ކަމަށާއި، އިތުރަށް މުއްދަތު އިތުރުކުރުމަށް ވިސްނާފައި ނުވާކަމުގައި އެކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ރީ-ރެޖިސްޓްރޭޝަނަށް ފޯމު ހުށައެޅުމަށް މިހާރު ދީފައިވާ ސުންގަނޑިއަކީ، އޮގަސްޓް 5 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00އަށް ކަމަށެވެ. އެމުއްދަތާއި ހަމައަށް ރީރެޖިސްޓްރީ ކުރަން ހުށަނާޅާ ފަރާތްތަކަށް ދެން އެފުރުޞަތެއް ނުލިބޭނެއެވެ.

ރީރެޖިސްޓްރޭޝަނަށް ހުޅުވާލުމުން މިހާތަނަށް ތިރީސް ހާހަށްވުރެ ގިނަ ފޯމް ވަނީ ރީރެޖިސްޓްރީ ކުރުމަށް ހުށައަޅާފައެވެ. ތިމާ ރަށްވެހިވެފައިވާ ރަށުގައި ވޯޓުލާ މީހުން އެންމެ ފަހުން ބޭއްވި އިންތިޚާުބުގައިވެސް ވޯޓުލާފައި ވަނީ، ރަށްވެހިވެފައިވާ ރަށުގައި ކަމަށް ވާނަމަ އިތުރަށް ރީރެޖިސްޓްރޭޝަނަށް ހުށައަޅާކަށް ނުޖެހޭނެއެވެ.

ރިޔާސީ އިންތިޚާބަށް ރީރެޖިސްޓްރީ ވުމަށް އޮންލައިންކޮށާއި އަދި ފޯމުންވެސް ހުށައެޅުމަށް ފުރުޞަތު ހުޅުވާލިއެވެ. އޮންލައިންކޮށް ރީރެޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތު ވަނީ ބުދަދުވަހުގެ ނިޔަަށް ހަމަވެފައެވެ.

އިންތިޚާބުގެ ވޯޓުލުމަށް ތިމާ ރަޖިސްޓްރީ ވެފައިވާ ތަން ބެލުމަށް 1414އަށް މެސެޖްކޮށްގެން އަދި އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށާއި ކޯލް ސެންޓަރަށް ގުޅައިގެންވެސް ބެލޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.