Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

24 Jan 2024
ޚަބަރު

މިފަހަރު ރީ-ރަޖިސްޓްރޭޝަން ފޯމު ގަނޑުކޮށް ހުށައެއްނޭޅޭނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ފޯމު ގަނޑުކޮށް ހުށަހެމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ނުލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީން ބުނީ ފޯމު ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށެވެ.

އިއްޔެ އޮތް މަޖިލިސް އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި އީސީގެ މެންބަރު މުހައްމަދު ނަޝާތު ވިދާޅުވީ، ކޮމިޝަނުގެ އަމާޒު ހުރީ ކަރުދާސް ފޯމު ބޭނުންކުރުން ހުއްޓާލަން ކަމަށެވެ.

އޭނާ ވިދާޅުވީ، ހަމައެކަނި އޮންލައިންކޮށް ރީރެޖިސްޓްރޭޝަން ކުރެވޭ ގޮތަށް ކަނޑައެޅީ، ފިޒިކަލްކޮށް ފޯމު ހުށަހެޅުމުގައި ސައްހަ ނޫން ފޯމު ހުށަހެޅުމުގެ ފުރުސަތު ބޮޑުވުމުން ކަމަށެވެ.

މި ބަދަލާ އެކު ސިޔާސީ ޕާޓީތަކުން ގަނޑުކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަން ފާހަގަކޮށް ނަޝާތު ވަނީ ސިޔާސީ ޕާޓީތަކުން ވެސް އިލެކްޝަންސް ޕޯޓަލްގެ ތެރެއިން އޮންލައިންކޮށް އެކަން ކުރުމަށް އެދިވަޑައިގެންފައެވެ.

އޮންލައިންކޮށް ފޯމު ހުށަހަޅަން ޖެހެނީ އީ-ފާސް ނުވަތަ އިލެކްޝަންގެ ރީރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށެވެ. އީ-ފާސް މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތް ހަމަޖެއްސީ އިތުބާރު ހިފޭ އަދި ރާއްޖެއިން ބޭރުގައި ވެސް ބޭނުން ކުރެވޭތީކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.