Advertisement

އެމްޑީޕީގެ ކެންޑިޑޭޓުން ކެންޑިޑެންސީ ހުށައެޅުމަށްފަހު --- ފޮޓޯ: އެމްޑީޕީ

13 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިއްޔެ އާއި ހަމައަށް 183 މީހަކު ކެންޑިޑެންސީ ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް، އިއްޔެއާ ހަމައަށް 183 މީހުން ކެންޑިޑެންސީ ހުށައަޅާފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިއްޔެ އަކީ މިހާތަނަށް އެއްދުވަހެއްގައި އންމެ ގިނަ ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރުމަށްޓަކައި ފޯމް ހުށައެޅި ދުވަހެވެ. އިއްޔެ އެކަނިވެސް 115 މީހުން ކެންޑިޑެންސީ ހުށައަޅާފައިވާ ކަމުގައި، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން، ކެންޑިޑެންސީ ހުށައެޅުމަށް ދީފައިވާ ސުންގަޑި މާދަމާގެ މެންދުރުފަހު 14:00 އަށް ހަމަވާނެއެވެ.

ކެންޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަމުންދާނީ، މިއަދާއި މާދަމާ، ހެނދުނު 9:00 އިން މެންދުރުފަހު، 14:00އަށް ދަރުބާރުގޭގައި ޤާއިމްކޮށްފައިވާ އިންތިޚާބާއި ބެހޭ މައި މަރުކަޒުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ފޯމް ހުށައަޅާފައި ވަނީ އިދިކޮޅު ޕާޓީ އެމްޑީޕީންނެވެ. އެޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 89 ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުން އިއްޔެ ވަނީ ފޯމް ހުށައަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.