Advertisement

ފޮޓޯ: އިލެކްޝަން ކޮމިޝަން

13 Jan 2024
ޚަބަރު

ރަސްމީކޮށް އެއްވެސް ޝަކުވާއެއް އަދި ނުލިބޭ: އީސީ

މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި ރަސްމީކޮށް އެއްވެސް ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، މިއަދު ކުރިއަށްދާ ބައި-އިލެކްޝަނާއި ގުޅިގެން ނުރަސްމީ ޝަކުވާއެއް ހުށަހެޅި ކަމަށާއި ނަމަވެސް އެ މައްސަލަ މިހާރު ހައްލު ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ބަލާއިރު އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދަނީ ވަރަށް އަމާންކަމާއެކުގައި ކަމަށް އީސީން ވިދާޅުވެއެވެ.

ފުއާދު ވަނީ ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން އަދި ސަރުކާރުން ވެސް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ. ބައެއް ފަރާތްތަކުން ފަހުވަގުތު ވޯޓުލާން ދާން ތިބޭކަން ފާހަގަކުރައްވައި އީސީން ވިދާޅުވީ،  ފަހުވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލާން ދިއުމަށް އިލްތިމާސްކުރާކަމަށެވެ.

މިއަދުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން 17:00 އާ ހަމައަށެވެ. މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި 56,002 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާއިރު މިއަދު މެންދުރު 15:00 އާހަމައަށް ވޯޓުލާފައިވަނީ 12،198 މީހުންނެވެ. އެއީ ޖުމްލަ ވޯޓުލެވޭ މީހުންގެ 21.78 އިންސައްތައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.