Advertisement

އިންތިޚާބާއި ބެހޭ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ---

24 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރޯދަމަހު ބާއްވާ މަޖިލިސް އިންތިޚާބުގެ ވޯޓު ނެގުން 9ން އިން 5އަށް ބޭއްވުމަށް ލަފާދީފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހގެ އިންތިޚާބުގެ ވޯޓު ނެގުން، ހެނދުނު 9 އިން ހަވީރު 5އަށް ކުރިޔަށް ގެންދިޔުމަށް އިންތިޚާބާއި ބެހޭ ޤައުމީ ލަފާދޭ ކޮމިޓީން މިއަދު ހުށައަޅައިފިއެވެ.

ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ، މިއަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުގައެވެ. އެހެންވެ މަޖިލިސް އިންތިޚާބު ބާއްވާ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ 7 ވަނަ ދުވަހާއެވެ.

ވޯޓުލުމުގެ ގަޑިއަކީ ހެނދުނު 9އިން ހަވީރު 5އަށް ކަމުގައި ހަމަޖެއްސެވުމަށ ްލަފާ ދެއްވުމުގެ އިތުރުން ކޮމިޓީން ވަނީ، ވޯޓުލުމުގެ ވަގުތު އިތުރު ނުކުރުމަށްވެސް އެދިފައެވެ. އޭގެ ސަބަބަކީ، ވޯޓުާ މީހުން ވޯޓުލާފައި ރޯދަވިއްލާން ގެއަަށް ދެވޭހައި ވަގުތު ދިނުމެވެ. އިންތިޚާބު ބާއްވާ މާރިޗު 17 ވަނަ ދުވަހު، އިރު އޮއްސޭނީ 6:19ގައެވެ. 

އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ، ހަފްތާއިން އާދީއްތަ ދުވަސް ކަމުގައިވާތީ އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގަިއ ކަނޑައަޅުއްވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ސަރުކާރަށް ހުށައަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.