Advertisement

ީގެކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ގުނަނީ.

14 Feb 2024
ޚަބަރު

މަޖިލިސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓަނީ ބޭރުގެ 2 ޤައުމެއްގައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ރީރަޖިސްޓްރީ ކޮށްފައިވަނީ ރާއްޖެއިން ބޭރު ދެ ގައުމެއްގައިކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ 150 އަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓަރީ ކުރާ ގައުމުތަކުގައި އެކަންޏެވެ. ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު، އެ އަދަދަށް ރީ-ރެޖިސްޓަރީ ކޮށްފައި ވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާއިންނެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ, ކުރިން ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ހަތަރު ގައުމެއްގައި ފޮށި ނުބަހައްޓަން ނިންމާފައެވެ.

ވޯޓުފޮށި ބެހެެއްޓޭވަރަށް ރީރަޖިސްޓްރީވެފައި ނެތުމުން އިންޑިއާ, ތައިލެންޑް, އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓަން ނިންމުމާއެކު އެ ކޮމިޝަނުން ވަނީ އެތަންތަނުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އީސީން ހުޅުވާލާފައިވާ މުއްދަތުގައި ރީ-ރަޖިސްޓާ ނުކޮށްފިނަމަ, އެމީހުންނަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން އީސީން ވަނީ ކުރިން ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ 17 ރިސޯޓެއްގައި ވެސް ފޮށި ނުބަހައްޓަން ނިންމާފައެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ މާޗު 17 ގަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ, އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.