Advertisement

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު, އަދި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު -- ފޮޓޯ: އީސީ

08 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓާނީ ދެ ޤައުމެއްގައި - އީސީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުފޮށި ބަހައްޓާނީ ރާއްޖޭން ބޭރުގެ ދެ ޤައުމެއްގައި ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ހަމަޖައްސާފައި ވަނީ 150 ވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ޤައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމަށެވެ. މިގޮތުން އެއަދަދަށް ވުރެ ގިނައިން މީހުން ރީރެޖިސްޓްރީ ކޮށްފައި ވަނީ ސްރީލަންކާ އާއި، މެލޭޝިޔާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ވުމަށް ހުޅުވާލި ފުރުޞަތު ބުދަދުވަހުގެ 16:00އަށް ހަމަވި އިރު، 13378 މީހުން ވަނީ ރީ-ރެޖިސްޓްރީވުމަށް އެދި ހުށައަޅާފައެވެ. އޭގެ ތެރެއިން 1459 ފޯމް އެކި ސަބަބުތަކާއި ހެދި އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަންނަކަމަށާއި، ރީ-ރެޖިސްޓްރީކޮށްދީފައި ވަނީ، 11،919 މީހުން ކަމުގައިވެސް ކޮމިޝަނުން ވިދާޅުވިއެވެ.

ވޯޓުލުމަށް ރީ-ރެޖިސްޓްރީ ވާންޖެހޭނީ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވޯޓުލީތަން ފިޔަވައި އެހެން ތަނަކަށް މަޖިލިސް އިންތިޚާބުގައި އެމީހަކު ވޯޓުލާނަމައެވެ.

މިއިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ، 284337 އެވެ. އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚަކީ، 2024 މާރިޗު 17ވާ އާދީއްތަ ދުވަހެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.