Advertisement

ނިމިދިޔަ އިންތިޚާބެއްގައި މީހަކު ވޯޓުލަނީ --- ފޮޓޯ: އިލެކްޝަންސް

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބުގެ ރީރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން، ރީރެޖިސްޓްރީ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެކޮމިޝަނުން ވިދާޅުވީ، ރީރެޖިސްޓްރީކުރުމަށް ހުށައަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށާއި، މިއަދުން ފެށިގެން މިފެބުރިއަރީ މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ރީރެޖިސްޓްރީވާން ހުށައެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

މިގޮތުން މަޖިލިސް އިންތިޚާބަށް ރީރެޖިސްޓްރީ ކުރުމަށް ހުށައަޅަން ޖެހޭނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލީ އިރު ހުރިތަން ފިޔަވައި އެހްންތަނެއްގައި ވޯޓުލާން ބޭނުންވާނަމަ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ވޯޓާސް ރެޖިސްޓްރީގައި އެމީހަކު މިހާރު ވޯޓުލާންޖެހޭތަނާއި ގުޅޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި، 14141އަށް މެސެޖްކޮށްގެންވެސް ޗެކް ކުރެވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިހާރު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ ކުރިޔަށް އޮތް މާރިޗު މަހުގެ 17 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Sep 2024
ޚަބަރު
ތަރައްޤީ ހޯދޭނީ އިޙްތިރާމް ހޯދައިގެން : ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށް ކަމަށެވެ.
22 Sep 2024
ޚަބަރު
މާލޭގެ މަގުތައް މަތިން ބައު އުޅަނދުތައް ނަގަންފަށައިފި
މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެމަސައްކަތް ހޮނިހިރު ދުވަހު ފަށާފައި ވަނީ، އެކައުންސިލާއި، ފުލުހުންގެ އިދާރާއިން ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލުން ފާހަގަކުރައްވާަފައިވާ ގޮތުގައި މާލޭގެ މަގުތައް މަތީގައި އަދި ޕާކިން ޒޯނުތަކުގައި ގިނަ އަދަދެއްގެ ބައު އުޅަނދުފަހަރު މަގުމައްޗަށް ދޫކޮށްލާފައި އެބަހުއްޓެވެ. އެހެންވެ އެތަކެތި ނަގައި މަގުތައް ސާފު ކުރުމަކީ، ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށްވެސް އެކަމުން ފަސޭހަތައް ލިބިގެންދާނެކަމެއްކަން ސިޓީކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.
22 Sep 2024
ޚަބަރު
ކުދި ޤައުމުތަކަށް ދަރަނި ލުއިކޮށްދޭން ރައީސް ގޮވާލައްވައިފި
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، "ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
22 Sep 2024
ޚަބަރު
މަސްތުވާތަކެއްޗާއި އެކު 65 އަހަރުގެ މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ސ. ހިތަދޫ، ވެހެތާނުގެ، ޢަބްދުﷲ ޞާދިޤު (65އ)އެވެ.