Advertisement

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބާއި ގުޅިގެން ކަމާއި ގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން --

21 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރިހަމައަށް ތައްޔާރުވެފައި: ފުވާދު

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރރިހަމައަށް ތައްޔާރުވެފައި ކަމުގައި އެކޮމިޝަނުގެ ރައީސް ފުވާޑު ތައުފީޤު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ކަންކަމާއި ގުޅޭ ގޮތުން ގުޅުން ހުރި އެހެން މުއައްސަސާތަކާއި އެކު ދަރުބާރުގޭގައި، ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުވާދު ވިދާޅުވީ، އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ހޮނިހިރު ދުވަހުގެ ރެއާއި ހަަމައަށް ނިންމާލެވިފައިވާ ކަމަށެވެ. މިގޮތުން ރާއްޖެއިން ބޭރުގެ ތިން ޤައުމެއްގައި ވޯޓު ފޮށިތައް ބަހައްޓާއިރު އެޤައުމުތަކަށާއި، އަދި އަތޮޅު ތެރޭގެ ހުރިހާ ރަށަކަށްވެސް ވޯޓު ފޮށިތަކާއި، ވޯޓު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ފޮނުވިފައިވާ ކަމުގައި ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، މާލޭގައިވެސް ހެނދުނު 7:30ގައި ވޯޓުލާ މަރުކަޒުތަކުގެ މަސައްކަތްތައް ފަށާނޭ ކަމަށެވެ. މިގޮތުން 8 ޖަހާއިރު ވޯޓުލުން ފެށުމަށް ޓަކައި 7:30 އިން ފެށިގެން ސިޓީ އުރަތައް ކަނޑައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަން ފަށާނޭ ކަމުގައިވެސް ފުވާދު ވިދާޅުވިއެވެ.

"ފޮށި ހުޅުވުމުގެ 15 ވަރަކަށް މިނިޓް ކުރިން، ކޮންމެ ފޮއްޓެއްގެ ކައިރިއަށްވެސް ދެބޭފުޅަކު ވަޑައިގެން ދެއްވުމަކީވެސް އަޅުގަނޑުމެންގެ އެދުމެއް. އެއީ ދެބޭފުޅަކު ހަމަވީމާ އަޅުގަނޑުމެންނަށް ވޯޓުފޮށި ހުޅުވާފަ އޭގެ އެތެެރެ އެބޭފުޅުންނަށް ދައްކާފައި ވޯޓުފޮށި ބަންދުކޮށްފައި ހަަމަ އަށެއް ޖަހާއިރު، ވޯޓުލުމަށް ހުރިހާ ތައްޔާރީތަކެއް ވެވޭނީ." 

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު --

ފުވާދު ވިދާޅުވީ އެކަމުގައި އެންމެހައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންނާއި، ކޮންމެ ޕާޓީއަކުންވެސް މަންދޫބަކު ކޮންމެ ވޯޓުފޮއްޓެއްގެ ކައިރީގައިވެސް ބެހެއްޓޭނެކަމުގައި ފުވާދު ވިދާޅުވިއެވެ. އެހެން ނަމަވެސް އެއް މީޑިއާއަކަށް ނިސްބަތްވާ މޮނީޓަރުންގެ ތެރެއިން ދެމީހުންނަށް އެއްވަގުތެއްގައި އެއްފޮއްޓެއްގެ ދޮށުގައި ތިބެވޭނެ ކަމުގައިވެސް ފުވާދު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.