Advertisement

މިއަދު ކުރިޔަށް ދިޔަ އިންތިޚާބުތަކުގެ ވޯޓުލުމުގެ ތެރެއިން --

04 May 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަދު ބޭއްވި 6 ގޮނޑިއެއްގެ ބައި-އިލެކްޝަންސްތަކުގެ ތެރެއިން 4 ގޮނޑި ޕީއެންސީ ކާމިޔާބުކޮށްފި

ހަރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންތަކުގައި 4 ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މިގޮތުން ޕީއެންސީން ކާމިޔާބުކޮށްފައި ވަނީ،  އުތީމު، ތަކަންދޫ، ވެލިދޫ އަދި އިންނަމާދޫގެ ކައުންސިލްގެ ގޮނޑިތަކެވެ.

މިގޮތުން، އުތީމު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި، 204 ވޯޓު ހޯދައިގެން، ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ޕީއެންސީގެ ޓިކެޓްގަިއ ވާދަކުރި، އިބްރާހީމް ސުނާނެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު އައުފްއަށް ލިބުނީ، 199 ވޯޓެވެ.

ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި، 549 ވޯޓު ހޯދައިގެން، ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ޕީއެންސީގެ ޓިކެޓްގަިއ ވާދަކުރި، ޢަބުދުﷲ ޢަބްދުއްރައްޒާޤެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި އާމިނަތު ޝިފާޒާއަށް ލިބުނީ، 449 ވޯޓެވެ.

ހއ ތަކަންދޫ ކައުންސިލުން ހުސްވެފައިވާ އަންހެން މެމްބަރުގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި، 207 ވޯޓު ހޯދައިގެން، ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ޕީއެންސީގެ ޓިކެޓްގަިއ ވާދަކުރި، ސަމީނާ މުޙައްމަދެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ރަޙްމާ ޢަބުދުﷲއަށް ލިބުނީ، 174 ވޯޓެވެ.

ރ. އިންނަމާދޫ ކައުންސިލުން ހުސްވެފައިވާ އަންހެން މެމްބަރުގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި، 243 ވޯޓު ހޯދައިގެން، ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ޕީއެންސީގެ ޓިކެޓްގަިއ ވާދަކުރި، ޢާއިޝަތު ސަމްޙާއެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ފާތިމަތު ސަމްޙާއަށް ލިބުނީ، 78 ވޯޓެވެ.

މިއަދު ބޭއްވި ބައި އިލެކްޝަންތަކުގައި އެމްޑީޕީން އެއް ގޮނޑި އަދި ދަ ޑިމޮކްރެޓްސްއިން އެއް ގޮނޑި ކާމިޔާބުކޮށްފައި ވެއެވެ. މިގޮތުން ނ. ލަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި، 303 ވޯޓު ހޯދައިގެން، ގޮނޑި ކާމިޔާބުކޮށްފައި ވަނީ، އެމްޑީޕީފެ ޓިކެޓްގަިއ ވާދަކުރި، ޢަބުދުﷲ ޢާރިފެވެ. ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުޙައްމަދު ޝުޖާޢު ލިބުނީ، 271 ވޯޓެވެ.

މި ބައި އިލެކްޝަންތަކުގައި ދަ ޑިމޮކްރެޓްސްއަށް ކާމިޔާބު ކުރެވިފައި ވަނީ، މ. މަޑުއްވަރީ ކައުންސިލްގެ ގޮނޑިއެކެވެ. އެއީ އެކައުންސިލްގެ ރައީސްގެ ގޮނޑިއެވެ. 

މ މަޑުއްވަރީ ކައުންސިލުން ހުސްވެފައިވާ ރައީސް ކަމުގެ މަޤާމަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި، 194 ވޯޓު ހޯދައިގެން، އެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރި، މުޙައްމަދު ޢާޡިމް ޢަލީއެވެ. ޕީއެންސީގެ ޓިކެޓްގައި ވާދަކުރި ޢަބުދުﷲ ޢަލީއަށް ލިބުނީ، 144 ވޯޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.