Advertisement

މިއަދު ކުރިޔަށް ދިޔަ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން ---

04 May 2024
ޚަބަރު
ޢަލީ ސުލައިމާން

ބައި އިލެކްޝަނަށް ތަރުޙީބު ކުޑަ، ވޯޓުލީ އެންމެ 57 އިންސައްތަ މީހުން

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް ތަކުގެ ބައި އިލެކްޝަންތަކުގައި ވޯޓުލާފައި ވަނީ، %57 މީހުން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުގައި ވާގޮތުން، މިއަދު ބޭއްވި 6 ބައި-އިލެކްޝަންގައި, 5,167 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައި ވެއެވެ. އެހެން ނަމަވެސް ވޯޓު ލާފައި ވަނީ، 3048 މީހުންނެވެ.  އެއީ 1486 ފިރިހެނުންނާއި 1562 އަންހެނުންނެވެ.

ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ނިސްބަތުން އެންމެ މަދުން މީހުން ވޯޓުލުމުގައި ބައިވެރިވެފައި ވަނީ، ނ. ވެލިދޫ ކައުންސިލްގެ ބައި-އިލެކްޝަންގައެވެ. އެ ބައި- އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްޤުލިބިގެންވާ 1982 މީހުން ތިބި އިރު، ވޯޓުލާފަިއި ވަނީ 1009 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ %50.91 އެވެ.

އިލެކްޝަންސް ކޮމިޝަނުންވެސް ފާހަގަކުރައްވާ ގޮތުގައި ކައުންސިލް އިންތިޚާބުތަކުގައި ވޯޓުދޭ މީހުންގެ އަދަދު މަދެވެ. އަދި ބައި އިލެކްޝަންސްތަކުގައިވެސް ވޯޓުދޭ މީހުންގެ ނިސްބަތްވެސް މަދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.