Advertisement

21 Apr 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހަވީރު 4 އާއި 5 އާއި ދެމެދު އެންމެ ގިނައިން ވޯޓުލާފައިވަނީ އަންހެނުން

އިލެކްޝަން ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން، ހަވީރު 4:00 އާއި 5:00 އާއި ދެމެދު އެންމެ ގިނައިން ވޯޓުލާން ނިކުމެފައިވަނީ އަންހެނުންނެވެ. އެގޮތުން، މި ވަގުތުގެ ތެރޭގައި 14،637 އަންހެނުން ވޯޓު ލާފާވާއިރު، ހަމަ ވި ވަގުތުގެ ތެރޭގައި 11،650 ފިރިހެނުން ވޯޓު ލާފައިވެއެވެ

މިއީ އެއް ގަޑިއިރު ތެރޭގައި އެންމެ ގިނަ އަންހެން ބޭފުޅުން ވޯޓުލާން ނިކުމެފައިވާ ވަގުތުކަން ފާހަގަ ކުރެވެއެވެ.

އިލެކްޝަން ކޮމިޝަނުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވާގޮތުން، ހަވީރު 5 ޖެހުމާއި ހަމައަށް ވޯޓު ލާފައިވަނީ ޖުމްލަ 207،693 މީހުންނެވެ. އެއީ ޖުމްލަ 102،867 އަންހެނުންނާއި، 104،826 ފިރިހެނުންނެވެ

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ޖުމްލަ 284،663 މީހުނަށް ލިބިފައިވާއިރު، އިލެކްޝަން ކޮމިޝަނުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ބުނާގޮތުން، މިހާތަނަށް %72.96 މީހުން މިވަނީ ވޯޓުލާފައެވެ.

މި ވަގުތާ ހަމައަށް ވޯޓު އަދި ވޯޓުލާފައި ނުވަނީ 103،257 މީހުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 27.04% މީހުންނެވެ.

ހަވީރު 5:30 ވުމާއެކީ މިހާރުވަނީ ކިއުތައް ބަންދުކޮށްފައިކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.