Advertisement

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤާއި ކޮމިޝަނުގެ މެމްބަރުން --

21 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ފުވާދު އެދިވަޑައިގަތީ ވޯޓުލާން ވަޑައިގަންނަވާއިރު ގަޑިހަމަތޯ ޗެކުކޮށްލައްވާއި ވަޑަިއގެންނެވުަމަށް!

މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފަހު ވަގުތު ވޯޓުަލައްވަން ވަޑައިގަންނަވާ ބޭފުޅުން ވޯޓުލާން ވަޑައިގަންނަވާއިރު ގެންގުޅުއްވާ ގަޑިއެއް ހަމަތޯ ޗެކްކުރެއްވުމަށްފަހު ވަަޑައިގެންނެވުމަށް ސަމާލުކަން ދެއްވުމަށް އިލެކްްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު އެދިވަަޑައިގެންފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީީ، ވޯޓުގެ ކިއު ބަންދުކުރުމަށް ހަމަޖައްސާފައިވާ ވަގުތަކީ 5:30 ކަމަށާއި އެންމެ މިނިޓެއް ލަސްވިޔަސް އެފަރާތަކަށް ވޯޓުލާން ފުރުޞަތު ލިބިވަޑައިނުގެންފާނެ ކަމަށެވެ. 

"ގަޑިތައް ހަމަކޮށްލެއްވުން ވަރަށް މުހިއްމުވާނެ އިނގޭތޯ! އެއީ ހަމަ ކޮންމެ ވޯޓުފޮއްޓެއް ކައިރީގައިވެސް އެބޭފުޅުން، ގަޑިއަށް ބައްލަވާނެ. 5:30އަށް ފަހުގައި އެންމެ ސިކުންތެއް ހިނގިޔަސްވެސް ޖޮއިން ނުކުރެއްވުމުގެ ފުރުޞަތު އެބައޮތް."

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު --

ފުވާދު ވިދާޅުވީ މައްސަލައެއް އުފެދެން ކޮމިޝަނުން ބޭނުން ނުވާ ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުންވެސް މިކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، މޫސުމް ގޯސްވިޔަސް. މިހާރު ކަނޑައަޅާފައިވާ ވަގުތައް ވުރެ އިތުރު ވަގުތެއް ދެވޭނޭ ގޮތެއް ނެތްކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރާއްޖޭގައި ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30އަށް ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ކަމުގައި ވެސް ފުވާދު ވިދާޅުވިއެވެ. މީގެ އިތުރުން 5:30 ވާއިރު ކިއޫއަށް އަރުއްވާފައި ތިއްބެވި ބޭފުޅުން ވޯޓުލައި ނިމެންދެން އެފޮއްޓެއް ވޯޓުލުން ކުރިޔަށް ގެންދާނެ ކަމުގައިވެސް ފުވާދު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.