Advertisement

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް, ޢަބުދުﷲ އުނައިސް ---

02 May 2024
ޚަބަރު
ޢަލީ ސުލައިމާން

އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، ޢަބްދުﷲ އުނައިސް ހަމަޖައްސައިފި

އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢަބުދުﷲ އުނައިސް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަޤާމަށް އުނައިސް ހަމަޖައްސާފައިވާ ކަމަށް ހާމަކޮށް އޭނާއަށް މަރުޙަބާ ކިޔާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ހުސްވީ އެމަޤާމުގައި ކުރިން ހުންނެވި ޙަސަން ޒަކަރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވުމާއި ގުޅިގެންނެވެ. 

Advertisement

އިލެކްޝަންސް ކޮމިޝަންގައި އުނައިސް ޚިދުމަތްކުރައްވަން ފައްޓަވާފައި ވަނީ، 2005 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ އެންމެ ފަހުން ހުންނެވީ، ކޮމިޝަންގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
17 May 2024
ޚަބަރު
ކުރީ ސަރުކާރުގައި ދިން ގޯތިތައް ތިންމަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ލާޒިމްކޮށް ބިމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙް ރައީސް ތަސްދީޤެއް ނުކުރެއްވި
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުކޮޅު، މިބިލް ފާސްކުރައްވާފައި ވަނީ، އޭޕްރީލް މަހުގެ 29 ވީ ހޯމަ ދުވަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައި ވަނީ، މި މެއި މަހުގެ 13 ވަނަ ދުވަހުގައެވެ. އެދުވަހު އެބިލް މަޖިލީހުން ފާސްކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރުންގެ އިއްތިފާޤުންނެވެ.
17 May 2024
ޚަބަރު
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު އުފެއްދެވި މިކުންފުންޏަކީ ސައްތައި ސައްތަ ދިވެހި ސަރުކާރުގެ ހިއްޞާ އޮންނަ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ.
16 May 2024
ޚަބަރު
ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކަށް ވަނުމަށް ނަގާ ގޭޓް ފީ އުވާލައިފި
ކުނި ހިފައިގެން ވަންނަ އުޅަނދުތަކުން ނަގަމުން އަންނަ ގޭޓް ފީ ނެގުން ހުއްޓާލި އިރު، ފީ ނެގުމަށް އެކުންފުނިން ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. މިގޮތުން، ފުރަމާލެ ސަރަޙައްދުގެ ހުރިހާ ޓްރާންސްފަރ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް (ވެއި ބްރިޖް) ޤާއިމުކުރެވެންދެން، މާލެ ޓްރާންސްފާރ ސްޓޭޝަންގައި ކުނީގެ ބަރުދަނަށް ރިޢާޔަތްކޮށް އަގު ނެގުން ހުއްޓާލުމަށްވެސް ނިންމާފައިވާ ކަމުގައި އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
16 May 2024
ޚަބަރު
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތް މީހާގެ މަރާއި މެދު ތުހުމަތު ކުރެވޭ ކަމެއް ނެތް
ފުލުުުހުން ވިދާޅުވީ، މަރުވި މީހާއަކީ ބަނގުލަދޭޝް މީހެއް ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.